މާލެއަށް އުދަ އަރަނީ ޖަޕާނު ސަރުކާރުން މާލޭގެ ވަށައިގެން ޖަހައިދިން ބޮޑުތޮށި ބެލުމެއްނެތި ރޫޅާލާ ނެގި ހިސާބުތަކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދުވަނީ އުދަ އަރާފައެވެ. އެގޮތުން އެންމެ ބޮޑަށް އުދަ އެރީ ކާނިވާ ސަރަހައްދުންނެވެ.
އުދައެރުމާއި ގުޅުވައި ރީކޯ މިއަދު ވިދާޅުވީ، ޖަޕާނު ރައްޔިތުންގެ ފަރާތުން މާލެ ވަށައި އަޅައިދެއްވި ބޮޑުތޮއްޓަކީ ވަރަށްގިނަ ދިރާސާތައް ކުރުމަށްފަހު ކުރި މަސައްކަތެއް ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަށް ބެލުމެއްނެތި ތޮށި ރޫޅާލާ އެގޮތްމިގޮތް ހެދި ދިމަދިމާއިން ބޮޑަށް މާލެއަށް އުދައަރާކަމަށާއި އޭގެ އެއް ސަރަހައްދަކީ ހެންވޭރު ކާނިވާ ސަރަހައްދުކަމަށެވެ.
ރީކޯ ވަނީ ޑރ. މުއިއްޒު ޓެގް ކުރައްވާ، ދެންވެސް އެކަމަށް ވިސްނެވުމަށް ގޮވާލައްވާފައެވެ.
މާލެ ވަށައިގެން ޖަހާފައިވާ ތޮއްޓަކީ ޖަޕާނުގެ އެހީގައި މީގެ 35 ވަރަކަށް އަހަރު ކުރިން ޖަހާފައިވާ ތޮއްޓެކެވެ. އޭގެ ފަހުން އެކި ބޭނުންތަކުގައި ތޮށިން ބައިބައި ނަގާ އެހެންތަންތަނަށް ބަދަލު ކުރުންފަދަ ކަންކަން ވަރަށް ގިނަފަހަރު ކޮށްފައިވެއެވެ. ނަމަވެސް، އެކަމާގުޅޭ ރަނގަޅު ދިރާސާއެއް މިހާތަނަށް ހަދާފައެއް ނުވެއެވެ.

ޖަޕާނުރައްޔަތުނގެފަރާތުން މާލެވަށާ އަޅާދެއްވި ބޮޑުތޮއްޓަކީ ވަރަށްދިރާސާކޮށްފަ ކުރިމަސައްކަތެއް އެފަދަ ކަންކަން ބެލުމެއްނެތި ތޮށިރޫޅާލާ އެގޮތްމިގޮތް ހެދި ދިމާތަކުން މާލެއަށް ބޮޑަށްއުދައަރަނީ ހެންވޭރު ކާނިވާސަރަޙައްދު އެއޮތީ މިސާލެއް @MMuizzu ދެންވެސްވިސްނަވާ
— Moosa Maniku (Reeko) (@ReekoMoosa) November 5, 2022
މާލެ ވަށައިގެން ޖަހާފައިވާ ތޮއްޓަކީ ޖަޕާނުގެ އެހީގައި މީގެ 35 ވަރަކަށް އަހަރު ކުރިން ޖަހާފައިވާ ތޮއްޓެކެވެ. އޭގެ ފަހުން އެކި ބޭނުންތަކުގައި ތޮށިން ބައިބައި ނަގާ އެހެންތަންތަނަށް ބަދަލު ކުރުންފަދަ ކަންކަން ވަރަށް ގިނަފަހަރު ކޮށްފައިވެއެވެ. ނަމަވެސް، އެކަމާގުޅޭ ރަނގަޅު ދިރާސާއެއް މިހާތަނަށް ހަދާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު