އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ސެގްމަންޓްގެ ގިނަ މަސައްކަތްތަކެއް ނިންމައި، 2 ވަނަ ސެގްމަންޓްގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނެފިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްދާއިރު ފުރަތަމަ ސެގްމަންޓްގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ.

ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އާރުޑީސީން ބުނީ އަމީނީމަގު ސެގްމެންޓް 1 ގެ ފެނާ ނަރުދަމާ އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ނިންމާލެވިފައިކަމަށެވެ. އަދި އަމީނީމަގު ސެގްމެންޓް 1 ގައި ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތައް ވަނީ ނިންމާލެވިފައިކަމަށް އާރުޑީސީން ބުނެއެވެ.



އާރުޑީސީން ބުނީ މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކާއި، މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި ދެވަނަ ސެގްމެންޓް މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމަށްވެސް އާރުޑީސީން ބުނެއެވެ.

ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ހެންވޭރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހެދުން ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު