ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންދަވަނީ ދިވެހި ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯއްދަވައިދެއްވަމުންކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށި ސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހު ކޮންމެ ދިވެއްސެއްގެވެސް ހަނދާނަށް އަންނަ އެންމެ ޚާއްޞަ ނަމަކަށްވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ނަންފުޅު ކަމަށާއި ޝަހީދު ޙުސެއިން އާދަމް ޤައުމީ ޚިދުމަތުގައި ދެއްކި ހިތްވަރާއި ސާބިތު ކަމަކީ މިއަދު މުޅި ޤައުމު ފަހުރުވެރިވާ ކަމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ 1988 ވަނަ އަހަރުގެ ފަހުން ޤައުމުގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަިދ މިއަދުގެ ދިވެހި ސިފައިންނަކީ އެންމެ ޒަމާނީ ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއްކަމަށާއި، ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އާލާތް ސަރުކާރުން ހޯދައި ދެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ޤައުމަށް ހުރި ސަލާމަތީ ގޮންޖެހުންތައް ވަރަށްވެސް ގިނަކަމަށާއި އެކަންކަމާއި ކުރިމަތިލުމަށް މިއަދުގެ އަސްކަރިއްޔާ ބިނާކުރަމުންދާއިރު، އެމީހުންނަކީ ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ޤައުމީ ޚިދުމަތުގައި ތިބޭ ބައެއްކަން އަބަދުވެސް ހަނދާންކުރަންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގައި ނަސްރުގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވާފައިވާއިރު އެރަށުގެ ބޮޑެތި މަގުތަކުގައި އިއްޔެ ހަވީރު ވަނީ ޕެރޭޑްވެސް ބާއްވާފައެވެ.

ނަޞްރު ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ޕެރޭޑާއި ހަވާ އެރުވުމުގެ ހަރާކާތްތައް ބަލާލުމަށް ގިނަ ބަޔަކު މަގުތަކަށް ޖަމާވި. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ @MariyaDidi މި ސިޓީއަށް ވަޑައިގެންނެވުމުން، ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި pic.twitter.com/8TeFX2He07
— Ministry of Defence (@MoDmv) November 5, 2022
މިނިސްޓަރ ވިދާޅުވީ 1988 ވަނަ އަހަރުގެ ފަހުން ޤައުމުގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަިދ މިއަދުގެ ދިވެހި ސިފައިންނަކީ އެންމެ ޒަމާނީ ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއްކަމަށާއި، ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އާލާތް ސަރުކާރުން ހޯދައި ދެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ޤައުމަށް ހުރި ސަލާމަތީ ގޮންޖެހުންތައް ވަރަށްވެސް ގިނަކަމަށާއި އެކަންކަމާއި ކުރިމަތިލުމަށް މިއަދުގެ އަސްކަރިއްޔާ ބިނާކުރަމުންދާއިރު، އެމީހުންނަކީ ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ޤައުމީ ޚިދުމަތުގައި ތިބޭ ބައެއްކަން އަބަދުވެސް ހަނދާންކުރަންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގައި ނަސްރުގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވާފައިވާއިރު އެރަށުގެ ބޮޑެތި މަގުތަކުގައި އިއްޔެ ހަވީރު ވަނީ ޕެރޭޑްވެސް ބާއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު