މިއަދު ކުރިއަށްދާ އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުން ފޮނުވައިގެން ސިޔާސީ ހަރަކާތް ނުހުއްޓުވާނެކަމުގެ ހެއްކެއްކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު މިއަދުވަނީ ފެށިގެން ކުރިއަށް ގެންގޮސްފައެވެ. މި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާނެކަމަށް އެ ޕާޓީން ބުނެއެވެ.

ޕީޕީއެމްގެ މި ހަރަކާތާއި ގުޅުވައި ފައްޔާޒު މިއަދު ވަނީ، ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ވިދާޅުވެ، މިފަދަ ހަރަކާތްތައް ރައީސް ޞާލިޙް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރު އޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.

އަދި މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ސާފުކަމަށާއި އޭރު ވޯޓުފޮށި ބަލައި އައީ ފުލުހުންކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.



ފައްޔާޒު މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރުގައި އޭރު އެމްޑީޕީން ހިންގަންއުޅުނު ސިޔާސީ އެކި ހަރަކާތްތަކަށް ހުރަސްއެޅިކަމަށް އެ ޕާޓީން ބުނަމުންދެއެވެ.



ކިޔުންތެރިންގެ ހިޔާލު