ތިމާވެއްޓާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި އެއްވިސްނުމުގެ ގައުމުތަކުން "ބަހާއި އަމަލު އެއްގޮތް ކޮށް" ދެމެހެއްޓެނިވި ކަނޑުމަސް އިމްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާއެކު އަންނަން ޖެހޭކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުން ފުރާ ވަޑައިގަތުމުގެ ކުރިން މޯނިން ޓްރޭޑް ޔޫކޭ އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުالله ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުން ކުޑަ ޖަޒީރާ ގައުމަކަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ޓޫނާ ފޮނުވާފައި ވާކަމަށާއި، މިފަދަ ޓެކުހެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ޤައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މާފްކޮށްފައި ވާއިރު، ދިވެހިރާއްޖެއަތުން ނަގާ ޓެކުހަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ސަރުކާރުން ދެކެއެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ "ވަރަށް މަޤުބޫލު ވެގެން ބުނާ ބަހެއް" ކަމަށާއި ރާއްޖެއަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގައި ދޮށީގެ މަސްވެރިކަން ގެންގުޅޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހަމައެކަނި އެފަދަ މަސްވެރިކަމެއް ކުރާ ޤައުމު ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ މަހެއްވެސް ބާނަނީ ފަހަރަކު މަހެއް ވަކިން ކަމަށާއި" އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރީ ކަނޑުގެ ދިރުން ސަލާމަތްކުރަން ކަމަށާއި، ކަނޑުތަކަކީ ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތައް ދަމަހައްޓާ ދިރުން ކަމުގައި ވިދާޅުވިއެވެ.
މަހުގެ ބާވަތްތައް ގަންނަ ގައުމުތައް "ބަހާއި އަމަލު އެއްގޮތް ކުރަން ޖެހޭ" ކަމުގައި ވިދާޅުވިއެވެ. އެއްކޮޅުން ތިމާވެއްޓާއި ކަނޑުތަކާއި ބަޔޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަމުން ގެންދާއިރު، އެންމެ ދެ ސިނާއަތަށް، ޓޫރިޒަމާއި މަސްވެރިކަމަށް ބަރޯސާވެފައިވާ ކުޑަކުޑަ ގައުމަކުން 20 ޕަސެންޓް ޑިއުޓީ ނަގައި އަދަބު ދިނުމަކީ ބަހާއި އަމަލު ދިމާނުވުން ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ތަރައްގީގެ މަގުގައި ކުރިއަރައި، އެ ގައުމަކަށް ލިބުނު އެހީގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރި ގައުމެއްގެ އަތުން ޓެރިފް ނެގުމަކީ "ކްލާހުގައި ކިޔަވާ ދަރިވަރަކަށް ކިޔެވުމުގެ އަދަބު ދިނުން ފަދަ ކަމެއް" ކަމަށެވެ.
ނަމަވެސް، ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އާއި އެހެނިހެން ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، އެއްބަސްވުމަކަށް އާދެވޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.
"ކުރީގެ ދަތުރުތަކާ ހިލާފަށް އަޅުގަނޑު މިފަހަރު އިނގިރޭސިވިލާތުން ފުރައިގެން މިދަނީ އެންމެ ފަހުގެ ހައްލެއް ފެންނާނެ ކަމުގެ ބޮޑު އުއްމީދުގައި،" ކަމުގައި ޝާހިދު ވިދާޅުވި އެވެ.
އޮކްޓޯބަރު މަހު ބޭއްވި ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި މިކަމާ ބެހޭ ގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ފަރަހްނާޒް ފައިޞަލް ސުވާލު ކުރެއްވުމުން، އިނގިރޭސިވިލާތުގެ ސެކްރެޓަރީ ފޯ ސްޓޭޓް އިންޓަރނޭޝަނަލް ކެމީ ބާޑެނޮކް ވިދާޅުވީ ޓޫނާ އެގްރީމެންޓަކީ "އިތުރަށް ވިޔަފާރީގެ ގުޅުން ބަދަހިކޮށްގެން، ޕާޓްނާޝިޕަކުން ހައްލު ގެނެވިދާނެ ކަމެއް ކަމަށާއި، - އެއީ ކޮންމެހެން އަބަދަކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާން ނުޖެހޭނެ" ކަމަށެވެ.
"ދިވެހިރާއްޖެއާއި ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރެވިދާނެ ނުވަތަ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ފުޅާކޮށް ބަދަހިކުރުމަށް އެހެނިހެން ހަރުދަނާ ސިޔާސަތުކާއި ނިޡާމްތަށް ޤާއިމް ކުރެވިދާނެ" ކަމަށެމް ވެސް ބާޑެނޮކް ވިދާޅުވިއެވެ.
އެކަމަނާ އެއްބަސްވެވަޑައިގަތީ ދެ ގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ރަސްމީކޮށް ބައްދަލުވުމެއް ބާއްވާ އޮތް ހައްލަކާ މެދު އިތުރަށް މަޝްވަރާ ކުރުމަށެވެ.
އިނގިރޭސި ވިލާތުގެ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބުކޮށް އެގަމުގެ ވެރިކަން ކުރަނީ ކޮންސަވޭޓިވް ޕާޓީން އިންނެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް އެތަކެއް ފަހަރު ބަދަލުވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު