މިއަދު ކުރިއަށްދާ އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ވޯޓްލުމުގެ ފުރުސަތު ނުދިން ކަމަށް އެޕާޓީގެ ބައެއް މެމްބަރުން ބުނެފިއެވެ.
ރަސްއޮންލައިން އަށް މައުލޫމާތު ދެމުން ހުޅުމާލޭގައި ރަޖިސްޓްރީގައި އޮންނަ ޕީޕިއެމްގެ މެމްބަރެެއް ކަމަށްވާ އަހުމަދު އަބޫބަކުރު ބުނީ މީގެ ކުރިން ބޭއްވި ޕީޕިއެމް އެތެރޭގެ އިންތިޚާބުތަކުގައި ވޯޓްލެވުނު ކަމަށެވެ. އެހެން ނަމަވެސް މިއަދު ކުރިއަށް ގެންދާ އެޕާޓީގެ ދާއިރާ ތަކުގެ އިންތިޚާބުގައި ދެ ގަޑިއެއްހާއިރު ކިޔުގައި މަޑުކޮށްކުރުމަށްފަހު ވޯޓްލާން ދިޔުމުން ލިސްޓްގައި ނަން ނެތް ކަމަށް ބުނެ ވޯޓްލުމުގެ ފުރުސަތު ނުދިން ކަމަށް އޭނާ ބުންޏެވެ. މިއީ ޕާޓީގެ ތެރެއިން ވަކި ކެންޑިޑޭޓުންތަކެއް ކައުންސިލަށް ހޮވުމަށް ކުރާކަމެއް ކަމަށާއި ލިސްޓުގައި ނަން ނެތް ކަމަށް ބުނެ އެތައް ބަޔަކަށް ވޯޓުލާން ފުރުސަތު ނުދީ ޝަކުވާ ހުށައެޅުމަށް ބުނެ ފޮނުވާލާފައިވާ ކަމަށް ޕީޕިއެމް މެމްބަރު އަހުމަދު އަބޫބަކުރު ބުނެފައިވެއެވެ.
އޭނާ ބުނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެން ކަމަށެވެ. ސިޔާސީ ޕާޓީތަކަކީ ދައުލަތުން ޚަރަދުކުރާ މުވައްސަސާ ތަކެއް ކަމަށާއި އެހެން ކަމަށްވާއިރު ޕާޓީތަކުން މެމްބަރުންނަށް އޮޅުވާލަައިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
"100 ޕަސެންޓް ގެރެންޓީ މިއީ އޮޅުވާލުމެއް ކަން، ހިނގަމުން މިދަނީ އޮޅުވާލުމެއްކަން ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ބޭނުންވާ ވަކި ބަޔަކު ޕީޕިއެމްގެ ކައުންސިލަށް ހޮވަން އެމީހުން އެ މަސައްކަތް ކުރަމުން އެދަނީ، އެތާގެ ތެރެއިން ބޭނުންވާ ވަކިބަޔަކު،" އަހުމަދު އަބޫބަކުރު ބުނެފައިވެއެވެ.
މީގެ އިތުރުން ޕީޕިއެމްގެ މެމްބަރު އަހުމަދު އަބޫބަކުރު ބުނީ ޕީޕިއެމްގެ އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރަން އިއުލާން ވެސް ކޮށްފައިނުވާ ކަމަށާއި އޭނާ އަކީ ހުޅުމާލޭގައި ރަޖިސްޓްރީ އޮންނަ މީހަކަށްވާއިރު ވޯޓްލުމަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ. އޭނާ ބުނީ ވޯޓް ނުލެވުމުން ޕާޓީއަށް ޝަކުވާ ހުށައެޅި ކަމަށާއި އެހެން ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށެވެ. ބައެއް މެމްބަރުންނަށް ވޯޓް ނުލެވުމުން ވޯޓްލުން ކުރިއަށް ދިޔަ ސަރަހައްދުގައި ހަމަނުޖެހުން ހިނގި ކަމަށް އެ މެމްބަރު ބުނެފައިވެއެވެ.
"އެތާގައި ހަމަނުޖެހުން ވެސް ހިނގި މީހުންގެ ގަޔަށް ބޮލަށް އަރައިގަތުމާއި ވޯޓްލިޔަ ނުދޭން ވެގެން އެއްބަޔަކު މަސައްކަތްކުރުމާ، މިހާރު ވެސް އެތާ ތެރޭގައި ވަރަށް އަޑުގަދަކޮށް ހިނގަމުންދަނީ، ކަމާކަންފަށައި ވޯޓްލާން އައިސް މިކަހަލަ ލަނޑެއް ލިބުނީމަ މިހާރު އެބައޮތް ރުޅިވެރިކަން. މިކަން ހާމަކުރަން އެބަޖެހޭ. ހާމަނުކޮށް އޮވެއްޖެ ކަމަށްވާނަމަ ދެން ތިބޭ ބަޔަކަށް ނޭގޭނެ ދޯ؟ ޕީޕިއެމްގެ ތެރޭގައި ކަންތައްތައް ވެގެންދަނީ ކިހިނެއް ކަމެއް،" ވޯޓް ނުލެވުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުން އަހުމަދު އަބޫބަކުރު ރަސްއޮންލައިން އަށް ކިޔައިދިނެވެ.
ޕީޕީއެމުން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 ގެ ނިޔަލަށް ކަމަށެވެ. މިއިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ދާނެ ކަމަށާއި މި އިންތިހާބުގައި ވޯޓުލެވޭނީ ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

Progressive Congress Coalition ge dhaairaa inthikhaabuge votelun feshigen kuriah dhany #RY2023 pic.twitter.com/mee7WhO5mU
— Progressive Party of Maldives (@ProgressPartyMV) November 5, 2022
"100 ޕަސެންޓް ގެރެންޓީ މިއީ އޮޅުވާލުމެއް ކަން، ހިނގަމުން މިދަނީ އޮޅުވާލުމެއްކަން ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ބޭނުންވާ ވަކި ބަޔަކު ޕީޕިއެމްގެ ކައުންސިލަށް ހޮވަން އެމީހުން އެ މަސައްކަތް ކުރަމުން އެދަނީ، އެތާގެ ތެރެއިން ބޭނުންވާ ވަކިބަޔަކު،" އަހުމަދު އަބޫބަކުރު ބުނެފައިވެއެވެ.
މީގެ އިތުރުން ޕީޕިއެމްގެ މެމްބަރު އަހުމަދު އަބޫބަކުރު ބުނީ ޕީޕިއެމްގެ އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރަން އިއުލާން ވެސް ކޮށްފައިނުވާ ކަމަށާއި އޭނާ އަކީ ހުޅުމާލޭގައި ރަޖިސްޓްރީ އޮންނަ މީހަކަށްވާއިރު ވޯޓްލުމަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ. އޭނާ ބުނީ ވޯޓް ނުލެވުމުން ޕާޓީއަށް ޝަކުވާ ހުށައެޅި ކަމަށާއި އެހެން ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށެވެ. ބައެއް މެމްބަރުންނަށް ވޯޓް ނުލެވުމުން ވޯޓްލުން ކުރިއަށް ދިޔަ ސަރަހައްދުގައި ހަމަނުޖެހުން ހިނގި ކަމަށް އެ މެމްބަރު ބުނެފައިވެއެވެ.
"އެތާގައި ހަމަނުޖެހުން ވެސް ހިނގި މީހުންގެ ގަޔަށް ބޮލަށް އަރައިގަތުމާއި ވޯޓްލިޔަ ނުދޭން ވެގެން އެއްބަޔަކު މަސައްކަތްކުރުމާ، މިހާރު ވެސް އެތާ ތެރޭގައި ވަރަށް އަޑުގަދަކޮށް ހިނގަމުންދަނީ، ކަމާކަންފަށައި ވޯޓްލާން އައިސް މިކަހަލަ ލަނޑެއް ލިބުނީމަ މިހާރު އެބައޮތް ރުޅިވެރިކަން. މިކަން ހާމަކުރަން އެބަޖެހޭ. ހާމަނުކޮށް އޮވެއްޖެ ކަމަށްވާނަމަ ދެން ތިބޭ ބަޔަކަށް ނޭގޭނެ ދޯ؟ ޕީޕިއެމްގެ ތެރޭގައި ކަންތައްތައް ވެގެންދަނީ ކިހިނެއް ކަމެއް،" ވޯޓް ނުލެވުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުން އަހުމަދު އަބޫބަކުރު ރަސްއޮންލައިން އަށް ކިޔައިދިނެވެ.
ޕީޕީއެމުން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 ގެ ނިޔަލަށް ކަމަށެވެ. މިއިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ދާނެ ކަމަށާއި މި އިންތިހާބުގައި ވޯޓުލެވޭނީ ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު