އދ. ގެ ކޮންފަރެންސް، ކޮޕް 27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖުތަމައާ ހިއްސާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ކޮންފަރެންސްގައި ނައިބް ރައީސް ފައިސަލް ނަސީމް، ރާއްޖޭގެ ފަރާތުން ގައުމީ ބަޔާނެއް އިއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބަޔާން އިއްވުން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގަޔާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަބަދުވެސް ވަކާލާތުކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުގެ މަތިން 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކޮށްފައިވާ ގައުމަކަށް ހެދުމަށް އަމާޒުހިފާފައިވާކަން އެމަނިކުފާނު އިއުލާންކުރައްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ނެރުނު މި ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ހާއްސަ ސަމާލުކަމެއްދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއާއި ގިނަ ގައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ގައުމީ ފެންވަރުގެ ހަރަކާތްތައް ހިންގައި މި ރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ވަނީ ފާހަަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު