ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް މައްސަލަ އިދިކޮޅު ފަރާތްތަކުން ހޫނުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މޮރިޝަޝް އަށް ފޮނުއްވި ސިޓީފުޅުގައި އޮތް އެއްޗަކަށް ބެލުމެއް ނެތި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ފެންމަތިވެގެން އުޅޭ ޗާގޯސް މައްސަލައާއި ގުޅޭގޮތުން ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ ރައީސް ސާލިޙު މޮރިޝަޝްއަށް ފޮނުއްވީ ޑިޕްލޮމެޓިކް ސިޓީފުޅެއް ކަަމަށެވެ. ރައީސްގެ އެސިޓީފުޅުގައި އޮތް އެއްޗެއް ނެތް އެއްޗެއް ވެސް އިދިކޮޅު ފަރާތްތަކަށް ނޭގޭ ކަމަށާއި އެހެން ނަމަވެސް އެ ސިޓީފުޅާއި ހަވާލާދީ ތަފާތު އެކި ވާހަކަތައް ފަތުރަމުންދާ ކަމަށް ސަމީރު ވިދާޅުވިއެވެ.
"އެކަމަކު އެ ސިޓީ އާއި ހަވާލާދީ ހުރިހާ ވާހަކައެއް ދައްކަނީ އަޖައިބެއް ކަަހަލަ ބައެއްމީ، އަޅުގަނޑު ހިތަށް އަރާ މި މީހުންނަށް ކޮންތާކުންބާއޭ ކޮންމެވެސް ކަހަލަ އެހެން ގޮތަކުން ލިބޭ މައުލޫމާތުބާއޭ މިއީ. ގިނަ ފަހަރުން ޖިންނި ޝައިތާނުންނާއި ވެސް ކައިރިވާ ބޭފުޅުން ވެސް އެބައުޅޭ ފަންޑިތައާއި އެއްޗިހި ހަދަައިގެން އުޅޭ ބޭފުޅުން ވެސް، އެހެންވީމަ އެބޭފުޅުންނަށް ފެންނަނީބާއޭ އެފަދަ ގޮތަކަށް،" ސަމީރު ވިދާޅުވިއެެވެ.
މިމައްސަލަ އާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށާއި ދެން ވެސް އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު