އީޔޫގެ ގަވާއިދުތަކާއެކު އެޕަލްއިން ޔޫރަޕްގައި ވިއްކާ ޕްރޮޑަކްޓްތަކުގެ ޗާޖަރު ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.

އެގޮތުން، ގިނަ އިލެކްޓްރޯނިކް ޑިވައިސްތަކަށް އެއް ޗާޖިން ޕޯޓެއް ބޭނުންކުރަންޖެހޭނެ ގޮތަށް ކަނޑައަޅާފައިވާ އީޔޫގެ އާ އުސޫލުތަކަށް 2024 ވަނަ އަހަރުން ފެށިގެން އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެމު އެޕަލް ކުންފުނިން 2024 ވަނަ އަހަރުން ފެށިގެން ޔޫރަޕުގައި ވިއްކާ އައިފޯނުތަކުގެ ޗާޖަރު ބަދަލުކުރަން ޖެހޭނެއެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އަދި މިބާވަތުގެ ގަވާއިދެއް ހެދިފައި ނުވާއިރު މިގަވާއިދު ފާސްކޮށްފައިވަނީ ޔޫރަޕިއަން ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި އިސްލާހާއެކު ޔޫރަޕުގެ 27 ގައުމެއްގައި އެންޑްރޮއިޑް ޑިވައިސްތަކުން ބޭނުންކުރާ ޔޫއެސްބީ-ސީ ކަނެކްޓްކުރާ ޕޯޓަލް ވަނީ ސްޓޭންޑަޑަކަށް ހަދާފައެވެ.

އީޔޫގެ މިގަވާއިދާއެކު، އެޕަލްގެ އިތުރުން އެހެން ކުންފުނިތަކުގެ ޑިވައިސްތަކުގެ ޗާޖިން ޕޯޓްވެސް ޔޫއެސްބީ-ސީ ކަނެކްޓްކުރެވޭނެ ގޮތަށް ބަދަލު ކުރަން މަޖުބޫރު ވާނެއެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ލަފާކުރަނީ މިގަވާއިދާއެކު އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލްގެ ޔޫރޮޕިއަން މާކެޓަށެވެ.

ރިޕޯޓުތައް ބުނާގޮތުން، އެޕަލްއިން ދަނީ ޗާޖިން ޕޯޓު ޔޫއެސްބީ-ސީ ކަނެކްޓްކުރެވޭނެ ގޮތަށް ފަރުމާކުރާ އައިފޯނެއް އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން