ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ތަރައްގީކޮށްފައިވާ އައު ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނީ، އައު ރަންވޭ ހުޅުވުމަށްފަހު، އޮޕަރޭޝަންސް މިއަދު ހެނދުނު 7:00 ގައި ފަށާފައިވާ ކަމަށެވެ.

އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސާފައި ވަނީ، ބޮއިން 777 މަރުކާގެ އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:20 ގައެވެ. އެ ފްލައިޓަށް މަރުޙަބާ ކިޔުމުގެގޮތުން ވަނީ، ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް ޚާއްސަ ކޯރޕަރޭޓް ގިފްޓެއް ހަދިޔާކުރައްވާފައެވެ. މި ކޯރޕަރޭޓް ގިފްޓް އެމަނިކުފާނާއި ޙަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކެވެ.

ދިގު މިނުގައި 3400 އަދި ފުޅާމިނުގައި 65 މީޓަރު ހުންނަ މި ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާއި ހަވާލުކޮށްގެން ތަރައްގީކުރި ރަންވޭއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން