ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން މިރޭ ބުނީ، މީގެ ކުރިން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 16.55 ރުފިޔާއަށް ނަމަވެސް، ތެލުގެއަގަށް ގެނައި ބަދަލާއެކު، ޕެޓްރޯލްގެ އަގު ވަނީ 15.97އަށް ހެޔޮކޮށްފައެވެ. އަދި ކުރިން 16.77އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް މިހާރު ވިއްކަނީ 16.32ރ. އަށް ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.

އެ ކުންފުނިން ބުނީ، ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާކެޓުގައި ތެލުގެ އަގުތައް އެތައް ފަހަރެއްގެމަތިން އުފުލިފައިވާއިރު އެ ކުންފުނިން ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާނީ އެންމެ ދެ ފަހަރު ކަމަށެވެ. އަދި އެގޮތަށް ތެލުގެ އަގު ބަދަލު ކުރުމުގައި އެސްޓީއޯއަށް ތެޔޮ ގަންނަ އަގު ބޮޑުވި ނިސްބަތުން، އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތައް ބަދަލު ކޮށްފައި ނުވާނޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.



އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަށްފަހު މިހާރު އަނެއްކާވެސް ތެލުގެ އަގުތައް ދަށަށް ދާން ފަށާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން