ވެރިކަން އޮތުމަކީ ކޮންމެ ވާހަކައެއް ދެއްކުމަށް ލިބޭ ލައިސަންސެއް ނޫންކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި އެކަން ދިފާއުކުރުން މާނަ ކުރެވޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވަނިކޮށް ޖަމީލް މިއަދު ވިދާޅުވީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާޅުކުރެވޭނީ ދީނުގެ އަސްލަކާ ހިލާފު ނުވާގޮތަށް ކަމަށެވެ.

އަދި ހަރާމް ކަންތައްތައް ހުއްދަވާ ގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖޭގައި ކުށެއް ކަމަށާއި އެފަދަ ވާހަކަ ދައްކާ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.



ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާއި އެކީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) ވަނީ އެފަދަ ފަރާތްތަކަށް ހިތްވަރު ލިބޭ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން އެ ތިން މީހުން ބަންދުން ދޫކޮށްލާފައިވާތީ އެކަމާ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އިބުރާ ވަނީ އެއްޖިންސުން ގުޅުން ހިންގުން އެއީ އޭގެ ސަބަބުން އެހެންބަޔަކަށް ގެއްލުން ވާނެކަމެއް ނޫންކަމަށް ވިދާޅުވެ އެ މީހުން ދޫކޮށްލަން ނިންމި ނިންމުމާ އެއްކޮޅަށް ވާހަކަ ދައްކަވާފައެވެ.

މިކަމަށް ރައްދު ދެއްވަމުން ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ވެރިކަން އޮތުމަކީ ކޮންމެ ވާހަކައެއް ދެއްކުމަށް ލިބޭ ލައިސަންސެއް ނޫންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު