ބަދުއަޚުލާގީ އަމަލު ހިންގާ މީހުން ހައްޔަރު ނުކުރުމުގެ އުސޫލެއް ގާއިމް ކުރީތޯ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމާއި ސުވާލު ކުރަށްވައިފިއެވެ.
ހައިލަމް މި ސުވާލު ކުރެއްވީ ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކްވީ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ދައުވާ ކުރަން ފޮނުވުމުން އެމީހުން ބަންދުން ދޫކޮށްލި މައްސަލައަށް އިޝާރަތް ކުރަށްވަމުންނެެވެ. އެ ނިއްމުން ދިފާއުކޮށް ޕީޖީ އޮފީހުން ބުނީ ހައްޔަރުކުރި މީހުން ދޫކޮށްލީ އެއީ ބަންދުގައި ބަހައްޓަން ޖެހޭ ޒާތުގެ ކުށަކަށް ނުވާތީ ކަމަށެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އެއްޖިންސުން ގުޅުންހިންގާ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ސަބަބުތަކަކީ ކޮބައިކަން ޕީޖީއަށް އެނގިވަޑައިގަންނަވާ ކަމަށް ހީނުވާ ކަމަށެވެ. ހައިލަމް ވަނީ ބަދުއަޚުލާގީ އަމަލު ހިންގާ މީހުން ހައްޔަރު ނުކުރުމުގެ އުސޫލެއް ގާއިމް ކުރެއްވީތޯ ވިދާޅުވެ ޕީޖީއާއި ސުވާލު ކުރަށްވާފައެވެ.
ހައިލަމް ކުރެއްވި ޓުވީޓްގައި ބަންދާ މެދު ގޮތެއް ނިއްމާއިރު ފަނޑިޔާރުން ރިއާޔަތް ކުރަންޖެހޭނެ ކަންކަން ހިމެނޭ މާއްދާ ވެސް ވަނީ ހިމަނާފައެވެ. އެގޮތުން މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާ އާއި ގުޅުން އޮތް މިންވަރާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް މިންވަރާއި މުޖުތަމައުގައި ތުހުމަތުކުރެވޭ މީހާގެ މަގާމާއި ބާރާއި ނުފޫޒު އޮތް މިންވަރަށް ބަލަންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.
"ޖިނާއީ އަދުލްގެ ނިޒާމް ފައްކާވެ ނިމުނީޕތޯ؟" އެއް ޖިންސުން ގުޅުން ހިންގި މީހުން ބަންދުން ދޫކޮށްލި މައްސަލައިގައި ފާޑުވިދާޅުވަމުން ސްޕްރީމް ކޯޓު ޓެގް ކުރައްވައި ހައިލަމް ވިދާޅުވިއެވެ.
އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދޫކޮށްލާފައިވަނީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އެވެެ.
ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައި ވަނީ އެ މީހުންގެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު، އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމަށެވެ.

އެއްޖިންސުން ގުޅުންހިންގާ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ސަބަބުތަކަކީ ކޮބައިކަން @PGO_MV އަށް އެނގިވަޑައިގަންނަވާހެން ހީއެއްނުވޭ! ބަދުއަޚުލާޤީ އަމަލު ހިންގާމީހުން ހައްޔަރުނުކުރުމުގެ އުޞޫލެއް ޤާއިމްކުރެއްވީތޯ؟
— Ahmed Hailam (@AhmedHailam) August 12, 2022
ޖިނާއީ ޢަދުލުގެ ނިޒާމް ފައްކާވެ ނިމުނީތޯ؟ @SCMaldives https://t.co/5CBDveRiaO
ހައިލަމް ކުރެއްވި ޓުވީޓްގައި ބަންދާ މެދު ގޮތެއް ނިއްމާއިރު ފަނޑިޔާރުން ރިއާޔަތް ކުރަންޖެހޭނެ ކަންކަން ހިމެނޭ މާއްދާ ވެސް ވަނީ ހިމަނާފައެވެ. އެގޮތުން މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާ އާއި ގުޅުން އޮތް މިންވަރާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް މިންވަރާއި މުޖުތަމައުގައި ތުހުމަތުކުރެވޭ މީހާގެ މަގާމާއި ބާރާއި ނުފޫޒު އޮތް މިންވަރަށް ބަލަންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.
"ޖިނާއީ އަދުލްގެ ނިޒާމް ފައްކާވެ ނިމުނީޕތޯ؟" އެއް ޖިންސުން ގުޅުން ހިންގި މީހުން ބަންދުން ދޫކޮށްލި މައްސަލައިގައި ފާޑުވިދާޅުވަމުން ސްޕްރީމް ކޯޓު ޓެގް ކުރައްވައި ހައިލަމް ވިދާޅުވިއެވެ.
އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދޫކޮށްލާފައިވަނީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އެވެެ.
ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައި ވަނީ އެ މީހުންގެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު، އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު