ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ނާއިބު ރައީސް ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރާތްކުރައްވާފައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޘަޤާފީ މަސައްކަތްތެރި ކަމުގެ މައުރަޒުގައި ވަނީ، ދިވެހިންގެ ޘަޤާފީ މަސައްކަތްތަކާއި، ދިވެހިންގެ އުފެއްދުންތެރިކަމުގެ ބައެއް ތަކެތި ދައްކާލަން ބަހައްޓާފައެވެ. މިގޮތުން ކަނބުރުވެރިކަމާއި ވަޑާމުގެ މަސައްކަތާއި ކަސަބުވިޔުމާއި ރޯނުވެށުން ފަދަ މަސައްކަތްތައް ކުރިޔަށްދާގޮތް ވެސް ދައްކާލާފައިވެއެވެ. މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ނާއިބު ރައީސް ވަނީ މައުރަޒުގައި ހުރި އެކިއެކި ސްޓޯލްތައް ބައްލަވާލައްވާފައެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ސިޓީ ކައުންސިލުން ބުނީ، މި މައުރަޒުގެ މަގުސަދަކީ، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކޮށް، އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަގުހުރި ހުނަރާއި ޢިލްމު ލިބިގަތުމުގެ ފުރުސަތު ޒުވާނުނަށް ހޯދައި ދިނުން ކަމަށެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 12 ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރެއްގެގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "އިންޓަރޖެނެރޭޝަނަލް ސޮލިޑޭރިޓީ" ނުވަތަ "ޖީލުތަކުގެ މެދުގައި އެއްބައިވަންތަކަން" މި ޝިއާރެވެ.
ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ މިމައުރަޒު ހުޅުއްވައިދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި އެހޮސްޕިޓަލްގެ ހިދުމަތްތައް ހުރި ގޮތް ބައްލަވާލައްވައި ބަލި މީހުންނާއި ބައްދަލުކޮށްލެއްވިއެވެ. އަދި ހޮސްޕިޓަލްގެ ތަރައްގީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު