އައްޑޫ ސިޓީގެ މަގުތައް ހަދާ ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށް ވުމުގެ ބިރު އެބައޮތް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކާ ކޮށްދެއްވާ ވަރަށް ބޮޑު ހޭދައެއް ކަމަށެވެ. މި މަސައްކަތުގެ ކޮންޓްރެކްޓާ އަދި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއް ކަމަށާއި، އެގޮތުން މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުގެ ޝަކުވާ ބޮޑު ކަމަށް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ މޭޔަރު ވިދާޅުވީ ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް މަސައްކަތުގެ ވެރި ފަރާތް ކަމަށްވާ ހައުސިން މިނިސްޓްރީއަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ނިޒާރު ވިދާޅުވި އެވެ. ނިޒާރު ވަނީ އެ މަސައްކަތް ހައުސިން މިނިސްޓްރީން ބަލަންވާ ވަރަށް ނުބަލާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަށްވާފައެެވެ.
"އައްޑޫގެ މަގުތައް ހަދާ ނިމޭއިރު ރަނގަޅު ފެންވަރަކަށް، ގިނަ ދުވަހަށް އޮންނަ ގޮތަށް ނިމުމަކީ އައްޑޫ ރައްޔިތުން އެދޭ ގޮތް. އަދި އެއީ ސަރުކާރުން ވެސް ބޭނުންވާނެ ގޮތް. އެހެން ނަމަވެސް މިދާ ގޮތަށް ދާނަމަ އެ އުއްމީދުގައި ކުލަ ނުޖެހިދާނެ." އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވި އެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާއެެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެެ. މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާއިރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހެދުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.

Addu magu hedhumuge masakkathakee Sarukaarun Rayyithun nattaki koh dhevvaa varu bodu heydha eh. Mi masakkathuge Contractor adhi Consultant akee eggaumakah nisbai vaa gulhun oi ba eh. Masakkathuge fenvaraai , masakkai kuramun dhaa gothuge shakuvaa bodu. 1/3
— Ali Nizar (@DhekunuNizar) August 13, 2022
އައްޑޫގެ މޭޔަރު ވިދާޅުވީ ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް މަސައްކަތުގެ ވެރި ފަރާތް ކަމަށްވާ ހައުސިން މިނިސްޓްރީއަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ނިޒާރު ވިދާޅުވި އެވެ. ނިޒާރު ވަނީ އެ މަސައްކަތް ހައުސިން މިނިސްޓްރީން ބަލަންވާ ވަރަށް ނުބަލާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަށްވާފައެެވެ.
"އައްޑޫގެ މަގުތައް ހަދާ ނިމޭއިރު ރަނގަޅު ފެންވަރަކަށް، ގިނަ ދުވަހަށް އޮންނަ ގޮތަށް ނިމުމަކީ އައްޑޫ ރައްޔިތުން އެދޭ ގޮތް. އަދި އެއީ ސަރުކާރުން ވެސް ބޭނުންވާނެ ގޮތް. އެހެން ނަމަވެސް މިދާ ގޮތަށް ދާނަމަ އެ އުއްމީދުގައި ކުލަ ނުޖެހިދާނެ." އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވި އެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާއެެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެެ. މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާއިރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހެދުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.
ކިޔުންތެރިންގެ ހިޔާލު