ރާއްޖޭގައި ވެރިކަމުގެ ކޮންމެ ނިޒާމެއް އޮތަސް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދެން މި ގައުމުގެ ހުންގާނު ނުލިބޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްގެން ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމަށް ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި ގުޅުވައި ޑރ. އިޔާޒު މިއަދު ވިދާޅުވީ، ކޮންމެ ނިޒާމެއް އޮތަސް ﷲ ގެ ރަހުމަތުން ރައީސް ނަޝީދުގެ އަތްޕުޅަށް މިގައުމުގެ ހުންގާނު ދެން ނުލިބޭނެކަމަށެވެ.
އިޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވަން ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އަދި އެ މަސައްކަތުގެ ތެރެއިން، ދެން އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު މިހާރުވަނީ އެކަމާ ގުޅޭ ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ބޭނުންވާކަމަށާއި އަދި ނިޒާމު ބަދަލު ކުރެވިއްޖެނަމަ، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ވާހަކަފުޅުތަކާ އެންމެ ދެކޮޅަށް ވާހަކަ ދައްކަވާ އެއް ބޭފުޅެއްގެ ގޮތުގައި ޑރ. އިޔާޒު ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު