އެސްޓީއޯއިން ހދ.ކުލުދުއްފުށީގައި ތަރައްގީކުރާ ގޮދަންފުށް ފެކްޓަރީގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ގޮދަން ފުށް ފެކްޓަރީގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށް ކަމަށެވެ.
އަމުރު ވިދާޅުވީ ގޮދަން ފުށް ފެކްޓަރީ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ. އަދި މ މި ފެކްޓަރީއާއެކު، ކާޑު ސަބްސިޑީއަށް ސަރުކާރުން ކުރާ ޚަރަދު ކުޑަކުރެވި، ތާޒާކޮށް ފުށް ލިބޭނެ މަގު ތަނަވަސްވެގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
"އަނެއް ކަމަކީ ފުށުގެ ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންދޭ، ތާޒާ ފުށް، ތަފާތު ވައްތަރުގެ ފުށް ލިބިގެންދޭ،" އަމްރު ވިދާޅުވިއެވެ.
ކާޑަށް ކުރާ ހަތަދުތަކުގެ އިތުރުން މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.
އެސްޓީއޯގެ ގޮދަންފުށް އުފައްދާ ފެކްޓްރީ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ނިންމި އެއް ސަބަބަކީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބަށްވުމެވެ. އަދި އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދުކަމަށާއި މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު