ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި މަޝްވަރާ ކޮންމެހެންވެސް މުހިއްމުކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖެގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި އދގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވީ ޒުވާނުންނަކީ ދުނިޔޭގެ އާބާދީގެ 16 ޕަސަންޓް ނުވަތަ 1.8 ބިލިއަންކަމަށްވާއިރު މިއީ ތާރީހުގައިވެސް ޒުވާނުންގެ ނިސްބަތް އާބާދީގައި އެންމެ ބޮޑު ޒަމާންކަމަށެވެ.
ޝާހިދު ވިދާޅުވީ ޒުވާނުންގެ އާބާދީ ބޮޑުއިރު އެމީހުން ކަންކަމަށް ހުންނަ ޝައުގުވެރިކަމާއި ކުރާ އުއްމީދުތައްވެސް އެހާމެ ބޮޑުކަމަށެވެ. އެގޮތުން ކަންކަމުގައި ޒުވާނުންގެ އަޑު އެހުމަށް އެމީހުން ޑިމާންޑް ކުރާއިރު ދުނިޔޭގެ ކަންކަން ނިންމުމުގައި ކުރިއަށް އޮތްތާނގައި ކަންކަމާއި ހަވާލުވާން ތިބި އެ ޒުވާން ޖީލުގެ އަޑު އަހާ، އެ މީހުން ބައިވެރިވި ކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރިޕޯޓްތައް ދައްކާގޮތުން ގިނަ ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން އެމީހުންނަށް ލިބެމުން ނުދާކަމަށެވެ. އަދި ގިނަ ޒުވާނުންނަށް އިހުސާސްވެފައި އޮންނަނީ ހަވާސާކޮށް، ބާކީކޮށްފައި ތިބޭ ބައެއްގެ އިހުސާސްކަމަށް ޝާހިދު ވިދާޅުވިއެވެ.
"އުމުރުގެ ސަބަބުން ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ދިމާވާ އެކި ދަތިތަކާއި އުނދަގޫތަކުގެ ވާހަކަތައް ގިނަ ޒުވާނުން ދަނީ ފާހަގަކުރަމުން. ޒުވާނުންނަށް އެކި ކަންކަމާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ހަމައެކަނި ހުރަސް އެޅެނީ ޒުވާނުންގެ ކުރިއެރުމާއި ފާގަތިކަމަކަށް ނޫން. އެކަމުގެ ސަބަބުން ދުނިޔޭގެ ތަރައްޤީއާއި ކުރިއެރުމަށްވެސް ވަރަށް ބޮޑަށް ހުރަސް އެޅޭނެ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމަށް ޒުވާނުން ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންދާއިރު، އުމުރުގެ ސަބަބުން އެމީހުންގެ އަޑު ނާހާ، ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން މުސްތަގްބަލްގެ ކުރިއެރުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެކަމަށެވެ.
"ގައުމުތަކަށް އަޅުގަނޑު ގޮވާލަނީ އެކި ޖީލުތަކުގެ މެދުގައި މިއޮތް ވަކިވެފައި އޮތް އޮތުމުގެ މައްސަލައަށް ހައްލު ހޯދައި، ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހިޔާލާއި މަޝްވަރާ ބަލައިގަންނަ މުޖްތަމައުައެއް ގާއިމްކުރުމަށް. އޭރުން ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން މުޖްތަމަޢުގައި ހިމެނޭ އެކި އުމުރުގެ މީހުންނަށް ދިމާވާ ގޮންޖެހުންތައް ދެނަގަނެ، ހައްލުކުރަން ފަސޭހަވާނެ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުން ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަށްވެސް މަގުފަހިވެގެންދާނެކަމަށެވެ. އަދި އިގްތިސާދާއި ސުލްހައާއި ސަލާމަތާއި ގުޅޭ މުހިއްމު ނިންމުންތައް ނިންމާއިރު ޒުވާނުންގެ ބައިވެރިވުން ކޮންމެވެސް މުހިއްމުކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ އަދި ޒުވާނުންނަށް ފުރުސަތުގެ ދީގެން، ކަންކަން ނިންމުމަކީ އާދައަކަށް ހަދަންޖެހޭކަމަކަށްވާއިރު، އަންނަ އޮތް ޖީލުތަކަށް ފާގަތި ދުނިޔެއެއް ފޯރުކޮށްދޭން ބޭނުންވާނަމަ ހުރިހާ އުމުރެއް/ޖީލެއްގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކޮށް، ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

Happy International #YouthDay!
— UN GA President (@UN_PGA) August 12, 2022
Numbering 1.8 billion, today’s youth make up the largest youth cohort in human history.
They demand to be heard, and we owe it to them to listen and include them in shaping the world they will inherit. pic.twitter.com/DTYB2PYJ0A
ޝާހިދު ވިދާޅުވީ ދުނިޔޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމަށް ޒުވާނުން ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންދާއިރު، އުމުރުގެ ސަބަބުން އެމީހުންގެ އަޑު ނާހާ، ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން މުސްތަގްބަލްގެ ކުރިއެރުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެކަމަށެވެ.
"ގައުމުތަކަށް އަޅުގަނޑު ގޮވާލަނީ އެކި ޖީލުތަކުގެ މެދުގައި މިއޮތް ވަކިވެފައި އޮތް އޮތުމުގެ މައްސަލައަށް ހައްލު ހޯދައި، ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހިޔާލާއި މަޝްވަރާ ބަލައިގަންނަ މުޖްތަމައުައެއް ގާއިމްކުރުމަށް. އޭރުން ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން މުޖްތަމަޢުގައި ހިމެނޭ އެކި އުމުރުގެ މީހުންނަށް ދިމާވާ ގޮންޖެހުންތައް ދެނަގަނެ، ހައްލުކުރަން ފަސޭހަވާނެ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުން ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަށްވެސް މަގުފަހިވެގެންދާނެކަމަށެވެ. އަދި އިގްތިސާދާއި ސުލްހައާއި ސަލާމަތާއި ގުޅޭ މުހިއްމު ނިންމުންތައް ނިންމާއިރު ޒުވާނުންގެ ބައިވެރިވުން ކޮންމެވެސް މުހިއްމުކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ އަދި ޒުވާނުންނަށް ފުރުސަތުގެ ދީގެން، ކަންކަން ނިންމުމަކީ އާދައަކަށް ހަދަންޖެހޭކަމަކަށްވާއިރު، އަންނަ އޮތް ޖީލުތަކަށް ފާގަތި ދުނިޔެއެއް ފޯރުކޮށްދޭން ބޭނުންވާނަމަ ހުރިހާ އުމުރެއް/ޖީލެއްގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކޮށް، ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު