ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އދ. މާމިގިލީ ދާއިރާ ރައްޔިތުންގެ މަޖިލިސް މެމްބަރ އޮނަރަބަލް ޤާސިމް އިބްރާހިމް ފ. އަތޮޅު ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ނިލަންދޫ ކައުންސިލް ރައީސް އަލީ އަހުމަދާއި ޑަބްލިއުޑީސީގެ ރައީސާއި ނަސީބް ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ލީޑަރ ޤާސިމް އިބްރާހިމް ވަނީ ފ. ނިލަންދޫގެ އަންހެނުން ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްޤީގެ މަސައްކަތްތައް އޮޅުންފިލުއްވާފައެވެ.
މިބައްދަލުވުމުގައި ލީޑަރ ޤާސިމް އިބްރާހިމް ވަނީ ރަށުގެ ތަރައްޤީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަން ނިންމަވާފައެވެ. މިގޮތުން ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކޮށްދެއްވުމަށް އެހީތެރިވުމާއި ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވުމާއި އަދި މިނޫންވެސް މިފަދަބައެއް މަސައްކަތްތައް ހިމެނެއެވެ.
ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އަބަދުވެސް ފ. ނިލަންދޫގެ ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގައި ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަން އަދި ވަކިން ޚާއްޞަކޮށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ކައުންސިލް ރައީސް އަލީ އަހުމަދާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، މިކަމުގެ ރަމްޒެއްގެ ގޮތުން ވަނީ ހަނދާނީ ފިލައެއް ލީޑަރ ޤާސިމް އިބްރާހިމަށް އަރުވާފައެވެ.
ޖުމްހޫރީޕާޓީގެ ކައުންސިލް މެމްބަރު، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އައިޝަތު ނަހުލާ އިސްވެހުންނަވާ ޖޭޕީގެ ބައެއް އިސްފަރާތްތަކާއި އެކު ވަނީ ހުސްވި އަހަރު ފަހުކޮޅު ފ. ނިލަންދޫއަށް ވަޑައިގެން ޖޭޕީ އަށް މެމްބަރުން އިތުރުކުރުމުގެ ޙަރަކާތެއްވެސް ހިންގަވާފައެވެ. އެ ދަތުރުފުޅުގައި ކައުންސިލް މެމްބަރު ނަހުލާ އާއި ޖޭޕީގެ ޓީމުންވަނީ ރަށު ކައުންސިލް، ޑަބްލިއުޑީސީ އާއި އަދި، ރަށުގެ ބައެއް އިސްފަރާތްތަކާއި ބައްދަލުކުރައްވާ ފައެވެ.
މިދަތުރުގައި އެރަށުން ކައުންސިލް މެމްބަރ މިނިސްޓަރ އައިޝަތުނަހުލާ އަށް ހޫނު މަރުޙަބާއެއް ދަންނަވައި އަދި، އެ ރަށުން ޖޭޕީއާއި ގިނަ ބަޔަކު ވަނީ ގުޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު