ކުލަބު ވެލެންސިއާއަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
ސެންޓޭގެ ކަކުލަށް އަނިޔާވީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ރ. އަލިފުށީގައި ކުރިއަށް ދިޔަ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗުގައެވެ. އެ މުބާރާތުގައި ވެލެންސިއާއިން ޗެމްޕިއަންކަން ހޯދިއިރު، މުބާރާތް ކާމިޔާބުކުރުމުގައި ސެންޓޭގެ ދައުރު ބޮޑެވެ.
އެދުވަހުގެ މެޗްގައި ވީ އަނިޔާއާއި ގުޅިގެން ސެންޓޭއަށް ގިނަ މެޗްތަކެއް ގެއްލުނެވެ. އެގޮތުން އެންމެ ފުރަތަމަ އޮޕަރޭޝަނެއް ނުކޮށް، ހަތަރު މަހެއްހާ ދުވަހު ސެންޓޭ ކުޅުމާ ދުރުގައި ހުރިއިރު، އޭނާ އެނބުރި ދަނޑަށް ނުކުތީ މެއި 11 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ވެލެންސިއާއިން ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އަދި އޭގެ ފަހުން ގައުމީ ޓީމާއެކު ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ދިޔައިރު، އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ސެންޓޭގެ ކަކުލަށް އަނެއްކާވެސް ވަނީ އަނިޔާވެފައެވެ.
އުމުރުން 33 އަހަރުގެ ސެންޓޭ ކަކުލު ހުޅުގެ އޮޕަރޭޝަން ކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.
މައުލޫމާތު ލިބޭގޮތުގައި ސެންޓޭ މުޅިން ރިކަވާވެ ކުޅުމަށް އެނބުރި އާދެވޭނީ ފަސް މަހެއްހާ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު