އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ދެކޮޅަށް ދެން މަސައްކަތް ނުކުރަށްވާނެ ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފައްޔާޒް އިސްމާއިލާ އިދިކޮޅަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނަށް މީގެ ކުރިން ކުރެއްވުނު ގޯސްކަމެއް ކަމަށެވެ. އަދި ފައްޔާޒާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ފައްޔާޒާ އެކުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެއް ފަހަރު [މަޖިލިސް މެމްބަރު ހުސެއިން ޝަހީމް] ހުސެއިން އަޅުގަނޑު ލައްވާ އެކަން ކުރުވި." ރައީސް ނަޝީދު ވިދާޅުވި އެވެ.
ފައްޔާޒާއި ވަރަށްބޮޑަށް ޚިޔާލުފުޅު ތަފާތުވެފައިވާ ރައީސް ނަޝީދުގެ ރާގު ކުއްލިއަކަށް ބަދަލުވީ ކޮން ސަބަބަކާއި ހުރެކަމެއް އަދި ނޭގެއެވެ. ނަމަވެސް މީގެކުރިން ރައީސް ނަޝީދު ފައްޔާޒު ސިފަކުރައްވާ ފައިވަނީ އެމްޑީޕީގެ "ބްރޯ" ގެ ގޮތުގައެވެ.
އަދި މިނިސްޓަރު ކަމުން ފައްޔާޒު ވަކިކުރުމުގެ މަސައްކަތް ވެސް ރައީސް ނަޝީދު ވަނީ ކުރަށްވާފައެެވެ. ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ފައްޔާޒާއި ދެކޮޅަށެވެ.
ރައީސް ނަޝީދު ފައްޔާޒާއި އެއްކޮޅަށް ވާހަަކަ ދެއްކެވިއިރު ދާދިފަހުން އެމަނިކުފާނު ވެެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ގައުމީ މަޖިލީހަށް ހުށައެޅި ގަރާރުގެ ކެމްޕޭން މެނޭޖަރަކަށް ފައްޔާޒުގެ ކެމްޕޭން މެނޭޖަރު މުހައްމަދު ވަހީދު، އިބްރޭ ވަނީ ހަމަޖަައްސާފައެވެ. އަދި އޭނާ މިހާރު ވަނީ އެކަން ގަބޫލުވެސް ކުރަށްވާފައެވެ.
އެކަމާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިބުރޭ ކޮންގްރެސްގެ އިންތިޒާމްތަކުގައި އިސްކޮށް އުޅުއްވުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު