ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން އެޗްޑީސީން "ހިއަރ ދި ޔަންގް" ގެ ނަމުގައި ހާއްސަ މޫވްމަންޓެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
މި ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެޗްޑީސީން ބުނީ މިއަދުން ފެށިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ޒުވާނުންގެ ވާހަކަތައް އަޑުއަހާ ޒުވާނުން ކަންބޮޑުވާ ކަންތައްތައް ދެނެގަނެ އެކަންތައްތައް ހައްލުކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ހަރަކާތެއް ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ، މި ހަރަކާތުގައި އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާން ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި، އެގޮތުން ކޮންމެ ޒުވާނަކުވެސް އެ ފަރާތެއް ކަންބޮޑުވާ ކަމެއް ހާމަކޮށް (#HearTheYoung) ހޭޝްޓެގް ބޭނުންކޮށްގެން ވީޑިއޯއެއް ސޯޝަލް މީޑިޔާ ޕްލެޓްފޯމަށް އަޕްލޯޑްކުރެވޭނެ ކަމަށެވެ. ސްކޮލަޝިޕް މަދުވުމާއި، ކުޅިވަރު ކުޅުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާއި، އިންޓާންޝިޕް ނުވަތަ އެޕްރެންޓިސްޝިޕްގައި ހުރި ދަތިތައް ފަދަ ކަންތައްތަކާއި ބެހޭގޮތުން ވީޑިއޯތަކުގައި ވާހަކަދެއްކޭނެކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ މިފަދަ ފުރުސަތުތަކުގައި ޒުވާނުން ބައިވެރިވުމުން މުޖުތަމައުގައި ދިމާވާ ކަންތައްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުފަހިވެގެންދާނެ ކަމަށް ބުނެފައެވެ. އަދި މިއީ މިފަދަ ކަންތައްތަކަށް އެއްބާރުލުންދިނުމުން މުޖުތަމައުގައި އުފެއްދުންތެރި ޒުވާނުން އުފެދިގެންދާނެ ކަމެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު