ނިމިދިޔަ ސަރުކާރުގައި ހިނގާފައިވާ ވައްކަމާއި ކޮރަޕްޝަން ފަދަ ކަންކަމުގެ ޒިންމާ ނަންގަވަންޖެހޭނީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކަކަށްފަހު ރޭ ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވަނީ، ކުރީ ސަރުކާރުގައި ހިނގި ވައްކަމާއި ކޮރަޕްޝަނާއި ގުޅޭ ގިނަ ސުވާލުތަކެއް ނޫސްވެރިން އެމަނިކުފާނަށް އަމާޒު ކޮށްފައެވެ. އެ ސުވާލުތަކުގެ ޖަވާބުތައް ވަރަށް ތަފުސީލުކޮށް އެމަނިކުފާނު ދެއްވިއެވެ.
އެގޮތުން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާއާއި ގުޅޭގޮތުން ކުރި ސުވާލުތަކުގެ ޖަވާބުގައި، ވިދާޅުވެފައިވަނީ އެކަންކަން ހިނގީ މަގާމުތައް ހަވާލު ކުރެވުނު ފަރާތްތަކުގެ ސަބަބުން ކަމަށެވެ. އަދި އެއިން ކޮންމެ ކަމަކީ ސީދާ ރައީސާއި ހަމައަށް އަންނަ ކަންކަން ނޫންކަމަށާއި އެކަންކަން ހިނގާފައި ހުންނަނީ އެކި ފަށަލަތަކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި އެމަނިކުފާނުގެ އަތެއް ނޯންނާނެކަމަށް ގެންދެވީ ވިދާޅުވަމުންނެވެ.
ރައީސް ޔާމީން ރޭ ވަނީ އެމްއެންޕީއާރުސީގެ ހިޔާނާތުގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި އެމްއެންޕީއާރުސީގެ މައްސަލަ ތަހުގީގުކުރަން ފެށީ ރައީސް ޔާމީންގެ ޒައާމަތުގައި ކަަމަށް ވާއިރު، އެފަދަ ކަމެއް ކުރެއްވި ނަމަ އެ ތަހުގީގުކުރައްވަންވީ ކޮން ސަބަބަކާއި ހުރެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީން ދެއްކެވި އެ ވާހަކަފުޅު ތަކަށް ރައްދު ދެއްވަމުން ރައީސް ޔާމިން ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް ނާޒިމް މިއަދު ވިދާޅުވީ، ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ ވައްކަމާއި ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ، ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ކަމަށެވެ. އަދި އޭރު ހިނގަމުންދިޔަ އެފަދަ ކަންކަން އެމަނިކުފާނަށް އެނގިވަޑައިނުގަތީ ޒިންމާ އަދާ ނުކުރެއްވުމުން ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނާއިއެކު މަސައްކަތް ކުރެއްވި ސިޔާސީ އެކި ބޭފުޅުންގެ ކެހިވެރިކަމުގެ ވާހަކަވެސް ދައްކަވާފައެވެ. އެ ވާހަކަފުޅުތަކުގައި ކުރީގެ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ނާޒިމް ފަދަ ބޭފުޅުން އަމަލު ކުރެއްވި ގޮތްކަމަށް ވިދާޅުވެ ވަރަށް ދިގުކޮށް، ގިނަ ވާހަކަފުޅު ތަކެއް ދެއްކެވިއެވެ.

ރައީސް ޔާމިނުގެ ވެެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ، ދައުލަތާއި އަދި ސަރުކާރުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމިން. ކަންކަން އެނގިވަޑައިނުގަތީ ޒިންމާ އަދާ ނުކުރެވޭތީ.
— Mohamed Nazim MP (@nazim7878) August 12, 2022
ރައީސް ޔާމީން ދެއްކެވި އެ ވާހަކަފުޅު ތަކަށް ރައްދު ދެއްވަމުން ރައީސް ޔާމިން ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް ނާޒިމް މިއަދު ވިދާޅުވީ، ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ ވައްކަމާއި ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ، ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ކަމަށެވެ. އަދި އޭރު ހިނގަމުންދިޔަ އެފަދަ ކަންކަން އެމަނިކުފާނަށް އެނގިވަޑައިނުގަތީ ޒިންމާ އަދާ ނުކުރެއްވުމުން ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނާއިއެކު މަސައްކަތް ކުރެއްވި ސިޔާސީ އެކި ބޭފުޅުންގެ ކެހިވެރިކަމުގެ ވާހަކަވެސް ދައްކަވާފައެވެ. އެ ވާހަކަފުޅުތަކުގައި ކުރީގެ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ނާޒިމް ފަދަ ބޭފުޅުން އަމަލު ކުރެއްވި ގޮތްކަމަށް ވިދާޅުވެ ވަރަށް ދިގުކޮށް، ގިނަ ވާހަކަފުޅު ތަކެއް ދެއްކެވިއެވެ.
ކިޔުންތެރިންގެ ހިޔާލު