އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކަޒަކިސްތާނުގެ ރައީސް ކަސީމު ޔޮމާތު ތޮކަޔޭވުއާ ބައްދަލުކުރައްވައިފިއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ކަޒަކިސްތާނަށް ވަޑައިގަތީ ބުރާސްފަތިދުވަހުއެވެ.
މިދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ކަޒަކިސްތާނުގެ ރައީސް ކަސީމު ޔޮމާތު ތޮކަޔޭވުއާ އިއްޔެ ބައްދަލުކުރައްވާފައެވެ. ޝާހިދު ވިދާޅުވީ ކަޒަކިސްތާނުގެ ރައީސާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގަތް އުފަލެއްކަމަށާއި، މި ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އެގޮތުން ދުނިޔޭގެ ސުލްހައާއި މަލްޓިލެޓަރިޒަމްއާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ކަޒަކިސްތާނުގެ ޑިމޮކްރެޓިކް ނިޒާމު ވަރުގަދަކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް ތައުރީފްކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ މި ދަތުރުފުޅުގައި ކަޒަކިސްތާންގެ ސަރުކާރުގެ ވެރިންގެ އިތުރުން، ސެނެޓްގެ ޗެއަރމަންއާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން އެ ގައުމުގައި ކުރިއަށްދާ އދގެ ހަރަކާތްތަކާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ.
ޝާހިދުގެ މި ދަތުރުފުޅު ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

Honored to call on H.E. @TokayevKZ, President of the Republic of Kazakhstan.
— Abdulla Shahid (@abdulla_shahid) August 11, 2022
Discussed 🇰🇿s contributions to strengthening multilateralism & int’l peace & security.
Commended democratic transformation of the country’s constitution, a measure aimed at building a New Kazakhstan. pic.twitter.com/hJK21363yZ
މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ކަޒަކިސްތާނުގެ ޑިމޮކްރެޓިކް ނިޒާމު ވަރުގަދަކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް ތައުރީފްކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ މި ދަތުރުފުޅުގައި ކަޒަކިސްތާންގެ ސަރުކާރުގެ ވެރިންގެ އިތުރުން، ސެނެޓްގެ ޗެއަރމަންއާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން އެ ގައުމުގައި ކުރިއަށްދާ އދގެ ހަރަކާތްތަކާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ.
ޝާހިދުގެ މި ދަތުރުފުޅު ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު