އެސްޓީއޯއަށް ބޭންކު އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބުމުން ރާއްޖެއިން ބޭރުގައި ބޭންކިންގ ޙިދުމަތް ދިނުމަށް އެސްޓީއޯއިން މަސައްކަތްކުރާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯއިން އަންނަނީ އެކުންފުނީގެ ވިޔަފާރިތައް ސިންދަފާތުކޮށް، އާ ދާއިރާތަކުގެ ވިޔަފާރިތަކަށް ވަނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޝިޕިންގ ވިޔަފާރި ފަށާފައިވާއިރު، އެސްޓީއޯގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އެސްޓީއޯގެ ޑިޖިޓަލް ބޭންކު ޤާއިމުކުރުމުގެ މަސައްކަތެެެވެ.
ޑިޖިޓަލް ބޭންކު ޤާއިމްކުރުމަށް މިދިޔަ އަހަރު ފަހުކޮޅު އެސްޓީއޯއިން ވަނީ އެމްއެމްއޭއަށް ލައިސަންސް ހޯދަންވެސް ހުށަހަޅާފައެވެ. ނަމަވެސް އެކަމުގައި ބައެއް ކަންކަން ރަނގަޅުކުރަން އެމްއެމްއޭއިން ވަނީ އެސްޓީއޯއަށް ލަފާދީފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެމްއެމްއޭއިން އިސްލާހުކުރަން އެންގި ކަންކަން ރަނގަޅުކުރުމަށްފަހު ލައިސެންސަށް އެދި މިއަހަރު ފަހުކޮޅު ހުށަހަޅާނެ ކަަމަށެވެ. އަދި އެ ލައިސެންސް ލިބޭތާ 6 މަސްދުވަހުގެތެރޭ ޙިދުމަތް ދޭން ފަށާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ދާއިރާއަށް ކުރީބައިގައި ވަނުމަކީ އެކަމުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށާއި އެގޮތުން މި ހިދުމަތް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދިނުމަށް އެސްޓީއޯއަށް މަގު ފަހިވާނެކަމަށެވެ.
"އަމާޒަކީ ރާއްޖެއިން ބޭރުގައި ބޭންކިންގ ޚިދުމަތް ދިނުން، އެސްޓީއޯގެ ހުރިހާ މަސައްކަތެއްވެސް މި ކުރަނީ ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ ފަދަ ގޮތަކަށް،" ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވިއެވެ.
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ދޭން ހަމަޖެހިފައިވާ ނަމަކީ "އިވޯލްވް" އެވެ.
ޑިޖިޓަލް ބޭންކިންގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ފިންލޭންޑުގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން ހުޅުވާ މި ޑިޖިޓަލް ބޭންކް ހުޅުވުމަށް އެކުންފުނިން ކުރިން ރާވާފައި އޮތީ 2021 ވަނަ އަހަރުގެ މާޗު މަހުއެވެ. ނަމަވެސް ކޮވިޑާއެކު އައި ލޮކްކްޑައުންތަކާ ގުޅިގެން އެ މަސައްކަތަށްވެސް ވަނީ ލަސްކަމެއް އައިސްފައެވެ.
އެސްޓީއޯއިން ހުޅުވާ ޑިޖިޓަލް ބޭންކުގައި އެކައުންޓް ހުޅުވުމާއި ފައިސާގެ މުއާމަލާތްތަކުގައި ބޭނުންކުރާ ކާޑު ހަދައިދިނުން ފަދަ ބޭންކުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް ކުރެވޭއިރު ފަހަށް ފައިސާ ރައްކާކުރުމުގެ ކަސްޓަމައިޒް ޕްލޭންތައްވެސް އަމިއްލަޔަށް ތައްޔާރުކޮށްލެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
ބޭންކުގެ ޚިދުމަތް ފެށިގެންދާނީ އެމްއެމްއޭއިން ދޫކުރާ ލައިސަންސްގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންވެސް ހުއްދަ ލިބިގެންނެވެ. އެސްޓީއޯގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު އެސްޓީއޯއިން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކޮށް ފައިދާ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު