އަންނަ އޮކްޓޫބަރުމަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވައި، ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޓެސްޓް ފްލައިޓް ޖެއްސިޔަސް މިހާތަނަށް އައިރުވެސް މަތިންދާ ބޯޓު ޖައްސަން ފަށާފައެއް ނުވެއެވެ. ނަމަވެސް ޓެކްސީ ވޭއެއްގެ ގޮތުގައި ރަންވޭ މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން، އެމްއޭސީއެލުން ބުނީ އައު ރަންވޭ ހުޅުވުމަށް ޓެސްޓިން މަރުޙަލާތައް ކުރިއަށްދާކަމަށެވެ. އަދި ކުރިއަށް އޮތް އޮކްޓޫބަރުމަހު ރަންވޭ ހުޅުވިގެންދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ އައު ރަންވޭ ބޭނުން ކުރަން ފެށުމުން ފްލައިޓުތައް އެއަރޕޯޓުގައި ޖައްސާ ޓެކްސީވޭ ކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެ ވަގުތު 15 މިނެޓުން 3 މިނަޓަށް ކުޑަކޮޮށްލެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލް އަޅަން ހަވާލުކޮށްފައި ވަނީ ސައޫދީ ބިންލާދިން ކުންފުންޏާއެވެ. އައު ރަންވޭއަކީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްަސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.

ކިޔުންތެރިންގެ ހިޔާލު