ރާއްޖޭގެ ޑްރައިވިންގ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ އެއްބަސްވުމުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ. އަދި މެލޭޝިއާއިން ސޮއިކުރެއްވީ އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގްއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މޮޓޯ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ދިވެހިންނަށް މެލޭޝިއާގައި އެ ލައިސަންސް ބޭނުންކުރެވޭނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސްވެސް ރާއްޖޭގައި ބޭނުންކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަވާނެކަމަށެވެ. އަދި މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުމުގެ ހެއްކެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

Speaking at the signing ceremony, Minister @aishath_nahula highlighted that this would ease mobility for Maldivians living in Malaysia and vice versa. She added that this symbolizes the strength of the relationship between the two nations. (3/3) pic.twitter.com/fPsjP1cZFd
— Ministry of Transport and Civil Aviation (@MoTCAmv) August 12, 2022
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަވާނެކަމަށެވެ. އަދި މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުމުގެ ހެއްކެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ހިޔާލު