މިއަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމުގައިވާ ޑެނިއެލާ ކިލްނަރޯވާއެވެ.
ޑެނިއެލާ ކިލްނަރޯވާއަށް މަރުހަބާ ދެންނެވުމަށް އެމްއެމްޕީއާރުސީ، ޓޫރިޒަމް މިނިސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ބޭފުޅުން އެއަރޕޯޓަށް ވަޑައިގެންނެވިއެވެ.
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ޤަތަރު އެއަރއިންނެވެ.
ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމުގައިވާ ޑެނިއެލާ ކިލްނަރޯވާ ރާއްޖެއަށް އައިސްފައިވަނީ ޗުއްޓީ ހޭދަކުރުމަށެވެ.
ރާއްޖެއިން ވަނީ މިއަހަރުގެ ތެރޭގައި 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކުރީ އިންޑިއާގެ ފަތުރުވެރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 960075 ފަތުރުވެރިން އައިސްފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައީ އިންޑިއާ ފަތުރުވެރިންނެވެ.
އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 14.4 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އަދި 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށް ވަނީ 133561 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރާއި އަޅާ ބަލާއިރު 1.1 އިންސައްތަ އިތުރު އަދަދެކެވެ.
ވަކިވަކި މަސްތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އޭޕްރީލްމަހުއެވެ. އޭޕްްރީލް މަހު 145279 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

warm welcome to 1,000,000th tourist in 2022. #Thankyou Daniela Kilnarova from Czech Republic.#Maldives #visitmaldives #sunnysideofLife #MaldivesTourism50 #Achievement pic.twitter.com/2ZmPzhzw05
— Thayyib #Maldives (@thayyib) August 12, 2022
ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމުގައިވާ ޑެނިއެލާ ކިލްނަރޯވާ ރާއްޖެއަށް އައިސްފައިވަނީ ޗުއްޓީ ހޭދަކުރުމަށެވެ.
ރާއްޖެއިން ވަނީ މިއަހަރުގެ ތެރޭގައި 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކުރީ އިންޑިއާގެ ފަތުރުވެރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 960075 ފަތުރުވެރިން އައިސްފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައީ އިންޑިއާ ފަތުރުވެރިންނެވެ.
އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 14.4 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އަދި 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށް ވަނީ 133561 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރާއި އަޅާ ބަލާއިރު 1.1 އިންސައްތަ އިތުރު އަދަދެކެވެ.
ވަކިވަކި މަސްތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އޭޕްރީލްމަހުއެވެ. އޭޕްްރީލް މަހު 145279 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު