މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އާ ރަޖިސްޓްރާގެ މަގާމަށް ސ. މީދޫ ޙަސަންކާރިގޭ، މުޙައްމަދު ފަރުޙާދު އައްޔަންކޮށްފިއެވެ.

އެމްއެންޕީން މިއަދު ބުނީ، އެ ޕާޓީގެ އާ ރަޖިސްޓްރާގެ މަގާމަށް މުޙައްމަދު ފަރުޙާދު އައްޔަންކޮށްފައި ވާކަމަށާއި، ފަރުހާދާއިއެކު ޕާޓީގެ ހިންގުން އިތުރު ހަރުފަތްތަކަކަށް ގެންދެވޭނެކަމަށް ޝައްކު ނުކުރާ ކަމަށެވެ.

ރާއްޖޭގެ އެންމެބޮޑު އެއް ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ އެއް ފައުންޑަރު ކަމަށްވާ ޑރ. މުޙައްމަދު މުނައްވަރާއި މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛް ހުސްނުއްސުއޫދު އަދި ވިލާ ކޮލެޖުގެ ޑީން ޑރ. އަންވަރުގެ ކޮއްކޮ، މުޙައްމަދު ފަރުހާދަކީ، ގައުމީ ހިދުމަތުގައި އެތައް އަހަރުތަކެއް ހޭދަކުރައްވާ، ހާރިޖީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިލައްވާފައިވާ ހިންގުންތެރި ބޭފުޅެކެވެ.

އޭނާ ވަނީ އިންޑިއާގެ އޮސްމާނިއާ ޔުނިވާސިޓީން ބެޗެލަރސް އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް ފުރިހަމަ ކުރައްވާފައެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މަސްޓަރސް އޮފް ހިއުމަން ސައިންސް ފުރިހަމަ ކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް އޭނާއަކީ ބައިނަލްއަގުވާމީ ފެންވަރުގެ އެކިއެކި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފައިވާ އެ ދާއިރާއަށް ފަރިތަ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު