ރާއްޖޭގެ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުރީގެ ލަވަކިޔުންތެރިޔާ މުޙައްމަދު ހުޒާމް ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޒާމް ނިޔާވި އިންޑިޔާގެ ބެންގަލޫރުގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
ހުޒާމް ވަނީ މީގެ އަހަރުތަކެއްކުރިން ލަވަކިޔުމުގެ ދާއިރާ އާއި ދުރަށް ޖެހިފައެވެ.
ހުޒާމް ވަނީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގިނަ ލަވަތަކެއް ކިޔާފައެވެ. އޭނާ ނިޔާވުމާއި ގުޅިގެން އެދާއިރާގެ ބައެއް ފަންނާނުން މިރޭ ފާޅުކުރި ބައެއް ޝުއޫރުގައި ބުނެފައިވަނީ، ހުޒާމަކީ މި ޒަމާނަށް ފެތޭ ލަވަތައް ރާއްޖެއަށް ތައާރަފް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިން ފަރާތެއް ކަމަށެވެ. ހުޒާމަކީ ހިތްހެޔޮ ކަމާއި ރީތި އަހުލާގެއްގެ ވެރި މީހެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު