އެމަނިކުފާނަކީ އާރަށު މައްސަލައިގެ ހެއްކަކަށް ނުފޫޒު ފޯރުވޭ ފަދަ ހާލަތެއްގައި ހުރި ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީންގެ ފަރާތުން އެ މައްސަލައިގައި ހެކިބަސް ދޭންތިބި މީހުންނަށް ބިރުދައްކައި ހެއްކަށް ނުފޫޒުފޯރުވުމަށް ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފުލުހުންނަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ އެއް ވަނީ ހުށައަޅާފައެވެ.
ޕީޕިއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހެކި ބަސްދޭން ތިބި މީހުންނަށް އެމަނިކުފާނު ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއް ކަމަށެވެ. އާރަށު މައްސަލައަށް އެމަނިކުފާނު ނުފޫޒު ފޯރުވާ ކަމަށް ބުނާ ނަމަ އެކަމުގެ ހެކި ހުންނަންޖެހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އާރަށު މައްސަލައިގައި ކީއްކުރަންތޯ މިއަދު ނުފޫޒު ފޯރުވަންވީ މިމަައްސަލަ ހިނގާތާ ލައްކަ ޒަމާން ވެއްޖެ، އަޅުގަނޑު ނުފޫޒު ފޯރުވާ ކަމަށް ވައްޏާ އެކަމުގެ ހެކި ބައެެއްގެ އަތުގައި ހުންނަންވާނެ." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިންް ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމަކީ ގާނޫނީ ކުށެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އާރަށު މައްސަލަައިގެ ހެއްކަކަށް ނުފޫޒު ފޯރުވައިގެން އެމަނިކުފާނަށް ހުކުމެއް އަންނަން ބޭނުންވާނެތޯ ރައީސް ޔާމިން ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމިން ވިދާޅުވީ އާރަށު މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށާއި އެވާހަކަތަށް ދައްކާ ފަރާތްތަކުން އެވާހަކަތަކަށް ޖަވާބުދާރީނުވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ވަރުގަދަ ހެއްކެއް އޮތް ނަމަ، ތަހުގީގު ކުރަން ހުށަހަޅާނެ ކަމަށެވެ. އެހެންކަމުން އެއީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އަޅުގަނޑު މިއީކީ ހެއްކަކަށް ނުފޫޒު ފޯރުވަން ޖެހޭ ހާލަތުގައި ހުރި މީހެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އާރަށު މައްސަލާގައި މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅޭ މުޙައްމަދު ޙުސައިން (އޮއިއްޓޭ) ވަނީ ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައެވެ. އެފަހުން އޭނާ އިނގިރޭސިވިލާތުގެ ޤާނޫނާ ޚިލާފުވީކަމަށްބުނާ މައްސަލަތަކެއް އެޤައުމުގެ ރަސްމީ އިދާރާތަކަށް ވަނީ ހުށައަޅާފައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއަށާއި ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމަށް ހުށައަޅާފައިވަނީ މޯލްޑިވްސް ލީގަލް ބިއުރޯގެ ފަރާތުންނެވެ. އެބިއުރޯއިން ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ވ. އާރަށު މައްސަލައިގައި ހެކިންގެ ހެއްކަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީން ގެންދަވަނީ، އެކި ގޮތްގޮތަށް މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.
އެގޮތުން އިނގިރޭސި ވިލާތުގައި ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މީހުންގެ އެސައިލަމް ކެންސަލް ކުރުމަށް މަސައްކަތް ކުރައްވާކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެއެވެ. އެެހެންކަމުން ރައީސް ޔާމީނާއިމެދު އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށްވެސް އެ ސިޓީގައި ވަނީ އެދިފައެެވެ.

ކިޔުންތެރިންގެ ހިޔާލު