ހުތުރު ކަންކަމާ، ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ގާނޫނެއް ނެތިގެނެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަންޖެހޭ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ހުތުރު ކަންކަމާ، ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ގާނޫނެއް ނެތިގެނެއް ނޫން ކަމަށެވެ.
"ތިގޮތަށް ވިދާޅުވެގެން މަޖްލިސް ޗުއްޓީ ކުރުކޮށްލާފަވެސް ކިތަންމެ ގާނޫނެއް ހަދައިދީފިން. ކޮންމެ ކަމަކުން ރެކެންނޫޅުއްވާ." އިމްރާނަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މައްސަލައަކީ ގާނޫނު ތަންފީޒް ކުރުމުގައިވެސް ތަފާތުކުރުން ގެންގުޅުން ކަމަށެވެ. އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން މިހާރުވެސް ހަޑިހުތުރު އެއްޗެހި ހިމެނޭ ފޮޓޯއާއި، ލިޔުމާއި، މަންޒަރާއި، ރެކޯޑާއި އަދި އެނޫންވެސް ހަޑިހުތުރު ސިފަ ހާމަކޮށްދޭ ނުވަތަ ދައްކުވައިދޭ އެއްޗެހި ވިއްކުމާއި ރައްދުކުރުމާއި ދިނުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ޖިންސީ ކުށުގެ ޤާނޫނުގެ، 43 ވަނަ މާއްދާގައި ބުނެފައިވަނީ މީހަކު އޮރިޔާންކާޑު ހެދުމަކީ ކުށެއް ކަމަށާއި، އެފަދައިން އުފައްދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރުމަކީ ކުށެއް ކަމަށެވެ. އޮރިޔާންކާޑު އުފެއްދުމުގެ ކުށަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނައިރު އޮރިޔާން ކާޑު އާންމުކުރާ ފަރާތްތަކަށް 3 އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އަދި މީހެއްގެ ރުހުމަކާނުލައި ހަދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އާންމުކުރުމަކީ ކުށެއްކަމަަށް އެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވެއެވެ. އެ ކުށުގެ އަދަބެއްކަމަށް އެ ޤާނޫނުގައި ބުނެފައިވަނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކިޔުންތެރިންގެ ހިޔާލު