ފާހިޝް އަމަލުތަކާ އެކިއެކި އަނިޔާވެރި މަރުތަކާ ގުޅޭ ހަބަރުތައް ރިޕޯޓު ކުރުމުގައި ނޫސްތަކުން ސަމާލުވުމަށް އެޑިޓާސް ގިލްޑުން ގޮވާލައިފިއެވެ.
ރާއްޖޭގެ މަޝްހޫރު އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީއަކު ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ލީކުވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން އާންމު ކުރުމުގައި އެއްވެސް ވަރެއްގެ ސެންސަރެއް ނެތި ބައެއް މަންޒަރުތައް ރޮލަށް އާންމު ކުރުމުގެ ސަބަބުން މުޖުތަމައުގައި އެ ކަންކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބަޔަކަށް ގަބޫލު ކުރެވިދާނެ މިންވަރަށް އެ ވާހަކަ އެ މޭރުމުން ދައްކާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަކީ އެ ޖަމިއްޔާއިން ވަރަށް ކަންބޮޑުވާ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ކުޑަކުދިންނާއި އާއިލާތަކުގެ ތެރޭގައި ވެސް އެކަންކަމަކީ "އޯކޭ" ކަމެއް ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަތައް އެހާ ފުޅާމިނުގައި އާންމުނުކުރުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ. ބަޔާނުގައި ބުނެފައިވަނީ، އެއްޖިއްސުން ގުޅުން ހިންގުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެއްކަމަށްވާއިރު އެފާހިޝް އަމަލު ހިންގުމަކީ އާންމު އާދައިގެ ކަމެއް ކަމަށް އާންމުންނަށް ވިސްނޭ ދަރަޖައަކަށް އެކަމުގެ ހަބަރުތައް ގެނެސްދީ އެކަންކަން އާންމު ކުރުމަކީ ޒިންމާދާރު މީޑިއާއަކުން ކުރާނޭ ކަމެއް ނޫން ކަމަށެވެ.
އަދި އޭގެ ބަދަލުގައި، ފާހިޝް އަމަލު ހިންގި ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ޒިންމާދާރުކޮށް ބާރު އެޅުމަށް މަސައްކަތް ކުރުމަށް ބަޔާނުގައި މީޑިއާތަކަށް ވަނީ ގޮވާލާފައެވެ. އަދި އެފަދަ ހަބަރުތައް ފަތުރާއިރު އަމިއްލަ މީހެކޭ، ޒިންމާދާރު މަގާމެއްގައި ހުންނަ މީހެކޭ ތަފާތު ކުރުމެއްނެތި ހެޑްލައިން ހަދައިގެން އާންމު މީސްމީހުން ފަލީހަތް ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.
ހަމަ އެގޮތަށް، ނުރައްކާތެރި އެކިކަހަލަ މަރުތަކާ ގުޅޭ ހަބަރުތައް ރިޕޯޓު ކުރުމުގައި ވެސް އެފަދަ ކަންކަމަށް ސަމާލުވުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފައެވެ. އެޖަމިއްޔާއިން ބުނެފައިވަނީ، މަރުތަކުގެ މައްސަލަތައް ވެސް ރިޕޯޓު ކުރުމުގައި މުޖުރިމުން އެކްސްޕޯސް ކުރުމަށް ސަމާލުކަން ދީ އަދި އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް ބާރު ލިބޭގޮތަށް ރިޕޯޓުތައް ބައްޓަން ކުރުމަށް އިސްކަން ދިނުމަށް އެދޭ ކަމަށާ އެއާއި ހިލާފަށް އެފަދަ ކަންކަމުގައި ވިކްޓިމައިޒްވާ ފަރާތްތަކުގެ ފަތިފުށް ހާމަކުރުންފަދަ ކަންކަމުން ދުރުވުމަށް ވެސް އެދޭކަމަށެވެ.
މިފަހުން މީސްމީޑިއާގައި ލީކު ކުރަމުންދާ އެފަދަ ވީޑިއޯތައް، ވީޑިއޯތަކާ ގުޅޭ ހަބަރުތައް ބައެއް މީޑިއާތަކުން ދަނީ ފުޅާ ދާއިރާއެއްގައި ވަރަށް ރޯކޮށް ހާމަކަން ބޮޑުކޮށް ފަތުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު