ނިމުނު ޖުލައިމަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ބަލައިގަތް އާމްދަނީ އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރުކަމަށް މީރާއިން ބުނެފިއެވެ.
މިރާއިން އައްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން ޖުލައިމަހު މީރާއަށް ވަނީ 2.65 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގަނެފައެވެ. މިއީ ޖުލައިމަހުގެ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 84.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖުލައިމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރުވެސް 311.8 އިންސައްތަ އިތުރު އަދަދެކެވެ.
ޖުލައިމަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހަށް ހަމަވުމުން، އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ. މީގެއިތުރުން އެހެން ބައެއް ޓެކްސްތަކުގެ ސުންގަޑިއަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ޖުލައިމަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޓެކްސްގެ ސުންގަޑިތަކުގެ އިތުރުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ޖުލައިމަހު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވުމަކީވެސް އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.
ޖުލައިގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 48.6 އިންސައްތަ ނުވަތަ 1.29 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 21.8 އިންސައްތަ ނުވަތަ 577.79 މިލިއަން ރުފިޔާއެވެ.
ޖުލައިމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

Monthly revenue collection for July 2022 has been published. To read it please click: https://t.co/F1HlT7dOEo pic.twitter.com/dYcL6MquDk
— Maldives Inland Revenue Authority (@MIRAmaldives) August 10, 2022
ޓެކްސްގެ ސުންގަޑިތަކުގެ އިތުރުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ޖުލައިމަހު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވުމަކީވެސް އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.
ޖުލައިގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 48.6 އިންސައްތަ ނުވަތަ 1.29 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 21.8 އިންސައްތަ ނުވަތަ 577.79 މިލިއަން ރުފިޔާއެވެ.
ޖުލައިމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު