ހުޅުމާލޭ ފޭސް އެކެއްގައި ހަދާފައިވާ މަސް މާރުކޭޓް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފިއެވެ.
އެޗްޑީސީގެ އިއުލާންގައި ބުނީ ހުޅުމާލޭ ވަގުތީ މަސް މާރުކޭޓަކީ 2378 އަކަފޫޓުގެ ތަނެއްކަމަށާއި އެތަނުގައި މަސް ކަނޑާ ހަ އަށްޓާއި މަސް ބަހައްޓާ ހަ އަށި ހުންނާނެކަމަށެވެ. އަދި ކޮންމެ އަށްޓެއް ކައިރިން ފެން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެތަން ކުއްޔަށް ދޫކުރަނީ މަހު ކުލީގެ ގޮތުގައި 5،000 ރުފިޔާ ނަގާ ގޮތަށެވެ. އަދި އެތަން ލިބޭ ފަރާތަކުން 7 ދުވަހުގެ ތެރޭގައި ލީސް ޑިޕޮސިޓްގެ ގޮތުގައި 15،000 ރުދިޔާދައްކަން ޖެހެއެވެ.
އެޗްޑީސީން ބުނީ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނީ މިމަހުގެ 22 ވަނަ ދުވަހުގެ 9:30 އާއި 11:00 އާ ދެމެދު ކަމަށެވެ.
އެޗްޑީސީން ބުނީ މާރުކޭޓް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައަޅާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނަގާ ގުރަކުންނެވެ. އަދި ގުރު ނެގުން އޮންނާނީ ފޯމް ހުށަހަޅާ ދުވަހުގެ 11:30 ގައިކަމަށް އެޗްޑީސީން ބުނެއެވެ.

Addendum 1 - ހުޅުމާލެ ފޭސް 1 ގައި ގާއިމްކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގުމަށް ކުއްޔަށް ދޫކުރުމާއި ގުޅޭ
— HDC (@hdcmaldives) August 11, 2022
Link: https://t.co/paAi2IsWJL
އެޗްޑީސީން ބުނީ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނީ މިމަހުގެ 22 ވަނަ ދުވަހުގެ 9:30 އާއި 11:00 އާ ދެމެދު ކަމަށެވެ.
އެޗްޑީސީން ބުނީ މާރުކޭޓް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައަޅާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނަގާ ގުރަކުންނެވެ. އަދި ގުރު ނެގުން އޮންނާނީ ފޯމް ހުށަހަޅާ ދުވަހުގެ 11:30 ގައިކަމަށް އެޗްޑީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު