2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކުންފުންޏަށް ފައިދާވުމާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މުވައްޒަފުންނަށް ބޯނަސް ދީފިއެވެ.

އެޗްޑީސީން ވަނީ އެ ކުންފުނީގައި މިދިޔަ އަހަރު މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން ޕްރޮބޭޝަން ނިންމާފައި ތިބި ހުރިހާ މުވައްޒަފުންނަށާއި، ރިޓަޔާކުރި މުވައްޒަފުންނާއި މުސާރަލިބޭ ޗުއްޓީ ނަގާފައި ތިބި މުވައްޒަފުންގެ ތެރެއިން މަދުވެގެން ތިން މަސް ދުވަހު މަސައްކަތްކޮށްފައި ތިބި ހުރިހާ މުވައްޒަފުންނަށް ބޯނަސް ދީފައެވެ.

ބޯނަސް ފައިސާގެ ގޮތުގައި މުވައްޒަފުންގެ އެލަވަންސްތައް ނުހިމަނާ ދެ މަސް ދުވަހުގެ ޖުމްލަ މުސާރައާ އެއްވަރުގެ އަދަދެއް ވަނީ ދީފައެވެ. މުސާރައިގެ އިތުރުން މިދިޔަ އަހަރު އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރަށާއި ހާޒިރީއަށްވެސް ބޯނަސް ދިނުމުގައި ބަލާފައިވެއެވެ.

އެންމެ ފަހުން އެޗްޑީސީން މުވައްޒަފުންނަށް ބޯނަސް ދިނީ 2018 ވަނަ އަހަރުއެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދީފައި މިވަނީ ކުންފުނީގެ ވިޔަފާރި ރަނގަޅުވެ މިދިޔަ އަހަރު ކުންފުންޏަށް ބޮޑު ފައިދާއެއް ލިބުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު