ރާއްޖޭގައި އެކި މީހުން ހިންގާ ފާހިޝް އަމަލުތަކުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ފަތުރާ މީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމާއި ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯ ތަކެއް ޝޯޝަލް މީޑިޔާގައި އާންމުވަމުންދާ މައްސަލައަށް އިޝާރަތް ކުރަށްވަމުންނެވެ. އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަށްވައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ ހުތުރުކަން ބޮޑުވެގެންވާ ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެ ފިޔަވަޅުތައް އެޅޭނެ ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ.
"އެ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖްތިމާއީ އަހުލާގިއްޔާތު ފުނޑުފުނޑު ވެގެން ހިނގައިދާނެ،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން މިހާރު ވެސް އަދަބު ލިބޭނެ ކުށެކެެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ގިނަ ބަޔަކު ޖިންސީ ގުޅުން ހިންގާ ވީޑިއޯތަކެއް މިފަހުން ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެވީޑިއޯ ތަކުން ފެންނަ މީހުން ދެނެގަނެ އޭގެ ތެރެއިން ބައެއް މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ގެންދަނީ ސީރިއަަސް މައްސަލަ އެއްގެ ގޮތުގައި މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
އެގޮތުން ވީޑިއޯ ތަކުން ފެންނަ މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

Huthurukan bodu faahish amaluthakuge manzaruthah online media thaka,social media platform thakugai fathura faraaiythakamedu ekasheegenvaa fiyavalhu elheyne qanoonee onigadeh avah vujoodhu nukurevijje nama raajjeyge ijuthimaaee akhlaagiyyaathu ehkoh fundufunduvegen hingaidhaane.
— Imran Abdulla (@ShimranAb) August 10, 2022
"އެ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖްތިމާއީ އަހުލާގިއްޔާތު ފުނޑުފުނޑު ވެގެން ހިނގައިދާނެ،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން މިހާރު ވެސް އަދަބު ލިބޭނެ ކުށެކެެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ގިނަ ބަޔަކު ޖިންސީ ގުޅުން ހިންގާ ވީޑިއޯތަކެއް މިފަހުން ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެވީޑިއޯ ތަކުން ފެންނަ މީހުން ދެނެގަނެ އޭގެ ތެރެއިން ބައެއް މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ގެންދަނީ ސީރިއަަސް މައްސަލަ އެއްގެ ގޮތުގައި މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
އެގޮތުން ވީޑިއޯ ތަކުން ފެންނަ މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު