ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގެ ތެރެއިން
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގެ ތެރެއިން
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައިފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފިއެވެެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން މިދިޔަ މަހުގެ 7ގައި އެ ކޮމިޝަނުން ކުރި އިއުލާނުގެ މުއްދަތު މިއަދަށް ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އަށް ބޭފުޅުން ކަމަށެވެ.

އެ ބޭފުޅުންނަކީ:

- އުއްމުކުލްސޫމް އަބޫބަކުރު (ރަނައުރާގެ، ބ. ހިތާދޫ)

- އިބްރާހީމް އިހުސާން (އެށެވެލި، ސ. މަރަދޫ)

- އާމިނަތު އަޒްލިފާ (ގުލާބީގެ، ރ. ރަސްގެތީމު)

- މުހައްމަދު އާސިރު (ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫ)

- ސުލައިމާން މުހައްމަދު (ނޫރާނީގެ، ޅ. ކުރެންދޫ)

- ރުޝްދުﷲ އިބްރާހީމް (ޖަވާހިރުމާގެ، ބ. މާޅޮސް)

- އަމްޖަދު އަބްދުލްގަނީ (ސޯސަންމާގެ، ފ. ބިލެތްދޫ)

- ސިޔާމާ މުހައްމަދު (ދަފްތަރު ނަންބަރު ރސ 13194 މާލެ)

ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީން އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ދީބަނާޒު ފަހުމީ ހައި ކޯޓަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ދީބަނާޒު ހައި ކޯޓަށް އިއްޔެ އައްޔަންކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުން އޭނާ އެ މަގާމަށް ކުރިމަތިލެއްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު