އެފްއޭއެމް ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތުގައި މާދަމާ ކުޅޭ މެޗަށް ވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ ފުރިހަމައަށް ތައްޔާރު ވެފައިކަމަށް ނިއުރޭޑިއަންޓްގެ ބޯޑު މެންބަރު މުޙައްމަދު ޔޫސުފް ވިދާޅުވެއްޖެއެވެ.
މާދަމާގެ މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަވަމުން މުޙައްމަދު ވިދާޅުވީ، ނިއުއިން މާދަމާ ކުޅޭ މި މުބާރާތުގެ ފަހު މެޗުގައި ޓީމު މޮޅުވެ ސެމީ ފައިނަލަށް ދިޔުމަށް ޓީމް އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފައި ކަމަށެވެ. އަދި އެ ޓީމް ކުޅުނު އެހެން މެޗްތަކެކޭ ވެސް އެއްފަދައިން މާދަމާގެ މެޗްގައި ވެސް ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓު ފެނިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގައި އެންމެފަހުން އެލްޓީއާއިއެކު ކުޅުނު މެޗުން މޮޅުވެގެން ނިއުއަށް މި ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނައިގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރު ކުރެވުނީހެވެ. ނަމަވެސް، އެލްޓީއާއިއެކު ބައްދަލު ކުރި މެޗުން އެލްޓީއަތުން ބަލިވުމާއެކު، ސެމީގެ ޖާގައެއް ނިއު އަށް ހޯދޭނީ ފަހު މެޗުގައި މާދަމާ މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ.
މާދަމާގެ މެޗާއި އަދި ނިއުގެ ފަންޑްރައިޒް ކުރުމުގެ މަސައްކަތުގެ މައުލޫމާތު ދެއްވަމުން މުޙައްމަދު ވިދާޅުވީ، ނިއުރޭޑިއަންޓްގެ އެންމެފަހުގެ މައުލޫމާތުތައް ގެނެސް ދިނުމަށް ވީޓީވީން ކުރިއަށް ގެންދާ "ނުލާހުދު" ޕްރޮގްރާމް މާދަމާވެސް 1:00 ން ފެށިގެން ކުރިއަށް ދާނެކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށްދާ ވަގުތު ވީޓީވީ ލޮބީން ސަޕޯޓަރުންގެ ޓީޝާޓް ވިއްކަމުން ދާނެކަމަށާއި އާންމުކޮށް ވިއްކާ އަގަށްވުރެ ހެޔޮކޮށް އެ ޕްރޮގްރާމް ކުރިއަށް ދާވަގުތު 200 ރުފިޔާއަށް ޓީޝާޓެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމް މިއަދު ވެސް ވަނީ ވީޓީވީން ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު