ރާއްޖޭގައި އޫރުމަސް އެކުލެވޭ ޕްރޮޑަކްޓެއް ވިއްކަން ހުރިކަން ހާމަވުމުން އެ ޕްރޮޑަކްޓް ނުވިއްކަން ހެލްތު މިނިސްޓްރީން މިރޭ އަންގައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައެއްގައި ރިޓެއިލްކުރާ ރެޑްވޭވުން މީހަކު ގަތް ގްރޭވީ މިކްސް ޕެކެޓެއްގެ އިންގްރީޑިއަންޓްސް ތެރޭގައި އޫރުމަސް ހުރިކަން ހާމަވެ އެކަން ހާމަކޮށް ޝޯޝަލް މީޑިޔާގައި އާންމުންގެ މީހަކު ވަނީ ފޮޓޯ އެއް އާންމުކޮށްފައެވެ.

ހެލްތު މިނިސްޓްރީން މިރޭ ބުނީ އެ މައްސަލަ ފާހަގަކުރެވި އެ ޕްރޮޑަކްޓް ނުވިއްކަން އަންގައިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު މިހާރު އިސްލާމިކް މިނިސްޓްރީއަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު