ރާއްޖޭގައި ކިޔަވައިދޭ ފޮތެއްގައި އިސްލާމް ދީނާ ހިލާފް ލިޔުމެއް އޮތީ 2014 ގައި ޗާޕްކޮށްގެން ބޭނުންކުރަމުން އައި ފޮތެއްގައި ކަމަށާއި މައްސަލަ ފާހަގަވުމާއެކު އަލަށް ޗާޕްކުރި ފޮތްތަކުގައި އެކަން އިސްލާހުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
އިނގިރޭސި މާއްދާ ކިޔަވައިދޭން ބޭނުންކުރަމުން އަންނަ "އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް" ފޮތުގައި ޕްލެނެޓެއް ރަމްޒުކޮށްދެނީ ކޮން ކަލާނގެއެއްތޯ ސުވާލުކޮށްފައި އޮތް މައްސަލައެއް މީސް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފޮތަކީ 2014 ވަނަ އަހަރު ޗާޕްކުރި ފޮތެއް ކަމަށާއި ކޮންޓެންޓުގައި މައްސަލައެއް ހުރިކަން ފާހަގަވެގެން އެ ފޮތަށް މިހާރުބަދަލުގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް ސްޓޮކްގައި ކުރީގެ ޗާޕުގެ ގިނަ އަދަދެއްގެ ކޮޕީ ހުރުމުން އެ ފޮތްތައް ވެސް ސުކޫލުތަކަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ފޮތް ދޭ އިރު މައްސަލަ ހުރި ބައި އުނިކުރުމަށް ސުކޫލުތަކަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި މިހާރު ދައުރުވަނީ ކުރީގެ ފޮތެއްގެ ކޮޕީއެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެެ.

ކިޔުންތެރިންގެ ހިޔާލު