ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މެޑިކަލް އޮފިސަރުން ފެންވަރުގެ 40 ބިދޭސީ ޑޮކްޓަރުން ބޭނުންވާ ކަަމަށެވެ. އެހެންވެ އެ ޑޮކްޓަރުން ރެކްޓްރޫޓްކޮށްދޭން އެފަދަ މަސައްކަތްކުރާ އޭޖެންސީތަކަށް މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެެވެ.

އިއުލާނުގައި ބުނާގޮތުން މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކުގެ އަސާސީ މުސާރަ އަކީ 15،090ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 275ރ. އާއި އެކޮމަޑޭޝަނަށް 3،000ރ. ގެ އިތުރުން ކެއުމަށް 1،800ރ. ދެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ވަނީ މިދިޔަ މޭ މަހު ވެސް ފަސް ދާއިރާއަކުން ޖުމްލަ 25 ބިދޭސީ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ބިދޭސީ 50 ނަރުހުން ހޯދަން އިއުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު