ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި ރަސްމިއްޔާތުގައި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަޙްމަދު ވިޝާން ނަސީމެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝާހިދެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 120.4 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ދިއްދޫގައި 700 އަކަފޫޓުގެ ދެ ފަންގިފިލާ ހިމެނޭ ރޯހައުސްތަކެއް އިމާރާތް ކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި ތިން ފާހާނާ ހުންނައިރު ސިޓިންރޫމާއި ބަދިގެއަކާއި ކާގެއަކާއި ލޯންޑްރީއާއި ސްޓޯރޭޖް ހުންނާނެއެވެ. އަދި އެ ސަރަހައްދުގައި ޕާކިންގ ޒޯނަކާއި ޕާކެއް ތަރައްގީކުރަން ވެސް ވަނީ ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު