ލީކްކޮށްލާފައިވާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމަކީ އާއިލާ ތަކަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވާ ސަލަފު ޖަމިއްޔާގެ ޢަލީ ރަމީޒް ގޮވާލައިފިއެވެ.
ފޭސްބޫކްގައި މިއަދު ކުރި ޕޯސްޓެއްގައި ޢަލީ ރަމީޒު ވިދާޅުވީ އެފަދަ ވީޑިއޯތައް އާންމު ކުރުމުގެ ސަބަބުން ފަޟީހަތްވެ، ލަދުވެތިކަމާ ކުރިމަތިލާން ޖެހެނީ ވީޑިއޯގައި އުޅޭ މީހާ އެކަނި ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އާއިލާގައި ތިބި ކުދި ބޮޑު އެތައް ބަޔަކު ލަދުވެތި ކަމާއި ކުރިމަތިލާން ޖެހޭ ކަމަށް ރަމީޒު ވިދާޅުވީ އެވެ. އަދި އެފަދަ ވީޑިއޯތަކުގެ ސަބަބުން އާއިލާގެ މީހުން ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ވަދެގެންދާ ކަމަށާއި އެއީ އެތައް ބަޔަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ޢަލީ ރަމީޒު ވިދާޅުވި އެވެ.
ޢަލީ ރަމީޒު އިތުރަށް ވިދާޅުވީ، އެ ވީޑިއޯތައް އާންމު ކުރުމުން މުޖުތަމައުގައި ފާހިޝް ކަންކަން ލުއި ވެގެން އެބަ ދާކަމަށާއި ގައުމުތައް ހަލާކުކޮށްލަން ބޭނުން ކުރާ އުކުޅުތަކަށް ބަލާއިރު، އެއީ ވެސް ބައެއްގެ އެޖެންޑާއެއް ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވި އެވެ. ﷲއަށް ބިރުވެތިވެ އެފަދަ ފާހިޝް އަމަލުތައް ފެންނަ "އެއްޗެހި" މުޖުތަމައުގައި ނުފެތުރުމަށް އަލީ ރަމީޒު ގޮވާލެއްވި އެވެ.
ޢަލީ ރަމީޒު މިފަދައިން ގޮވާލާފައިވާއިރު، ރާއްޖޭގައި މި ފަހުން ހާމަވެފައިވާ އެންމެ ބޮޑު ބަދުއަހުލާގީ މައްސަލައަކީ، ބަންގްލަދޭޝްގެ އާލަމްގީރް ކިޔާ މީހާކާއެކީ ދިވެހީންގެ ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެކެވެ. އެ އަމަލުތައް ފެންނަ ވީޑިއޯތައް ދޭތެރެއަކުން އާންމު ކުރަމުން ދާއިރު އެ ވީޑިއޯތައް އެގޮތަށް މުޖުތަމައުތެރެއަށް ދޫކުރުން ގިނަ ބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ. އަދި އެ ވީޑިއޯތައް މުޖުތަމައުތެރޭ ދައުރުވާން ދޫކުރާ ފަރާތްތަށް ހޯދުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު