މިދިޔަ މަހު ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ހަތަރު މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 4 މީހަކު ޝަރުތުތަކަކާއެކު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، ދޫކޮށްލި މީހުންގެ ނަންތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާނާއި ފަޒްޟޫން މުހައްމަދު ހައްޔަރުކުރިއެވެ. ނަމަވެސް، އެ ދެބޭފުޅުން ވެސް މިހާރުވަނީ ބަންދުން ދޫކޮށްލާފައެވެ. އަދި ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން 23 މީހަކު ހައްޔަރު ކުރިނަމަވެސް އޭގެތެރެއިން ބަޔަކު މިހާރުވަނީ ދޫކޮށްލާފައެވެ.
މި ދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުންނަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައެވެ. މިކަން ސަރުކާރުންނާއި ފުލުހުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު