މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 42 އިންސައްތަ އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަައް ދައްކާގޮތުން ޖުލައިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 15.7 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 11.1 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 42 އިންސައްތަ އިތުރު އަދަދެެކެވެ.
ޓެކްސް ޢާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 11.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑުގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 5.8 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރީ 20.7 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދުތަކާއި އަޅާބަލާއިރު 23 އިންސައްތަ އިތުރު ޢަދަދެކެވެ.
އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 9.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.

ކިޔުންތެރިންގެ ހިޔާލު