ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަނި ނޫންކަމަށާއި އެކަމުގައި ހަމަހަމަވާން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނާ މައްސަލައެއްގައި އެކި މީހުންނާއި މެދު އެކި އުސޫލުން ކަންކަން ކުރާކަމަށް ބައެއް ފަރާތްތަކުން ބުނާ ދަނޑިވަޅެއްގައެވެ.



ޑރ.ޝަހީމް ވިދާޅުވީ ހައްޔަރުގައި ތިބީ އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއްކަމަށެވެ. އަދި ދެން ތިބި ފަރާތްތައް ތިބީ މުޖުތަމަޢުގައި ދޫވެފައި ނޫނީ މަޤާމްތަކުގައިކަމަށާއި ޤާނޫނު ހިންގަންވާނީ އެންމެނާ މެދު އެއް ހަމައަކުންކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަނި ނޫންކަމަށާއި އެކަމުގައި ހަމަހަމަވާން ޖެހޭކަމަށެވެ.

އެމްޑީ އާލަމްގީރްއާއެކު އެއް ޖިންސުން ގުޅުން ހިނގިކަމަށް ބުނާ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު