އަހުމަދު މަސްނޫމް   9 އޯގަސްޓު 2022 - 10:42
ގިނަ ދިވެހިންތަކަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނާ ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރް ރާއްޖެ ގެނައީ އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އާރުސީސީ ކުންފުނިންކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ސޯޝަލް މީޑީއާގައި އިއްޔެ ބައެއް ފަރާތަކުން ވަނީ އާރުސީސީއާ މިކަމާއި ގުޅުވާފައެވެ. އެގޮތުން އާލަމްގީރް ރާއްޖެ ގެނެސްފައި ވަނީ އާރުސީސީ ކުންފުނިންކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އާރުސީސީން ބުނީ ‏އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ފުލުހުން ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރިލް އަކީ އެ ކުންފުނިން ރާއްޖެ ގެނެސް ރަޖިސްޓްރީ ކޮށްފައިވާ މީހެއް ކަމަށްބުނެ މީސް މީޑިއާގައި މިހާރު ދެކެވެމުންދާ ވާހަކަ ތަކަކީ ‏ކަނޑައެޅިގެން ހަޤީގަތާއި ޚިލާފު ދޮގު ވާހަކަ ތަކެއްކަމަށެވެ.



އާރުސީސީން ބުނީ އެ ކުންފުނި ބަދުނާމުވާ ގޮތަށް ހަޤީގަތާ ޚިލާފު ދޮގު ވާހަކަ އެކިއެކި ގޮތްގޮތުން ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް އާރުސީސީން ބުނެއެވެ.

އާލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލައިގައި ބައެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

ނަމަވެސް މިހާތަނަށް އައިރުވެސް މިއީ ކޮން ކުންފުންޏަކުން ރާއްޖެ ގެނައި މީހެއްކަމަށް ނޭނގެއެވެ.



ކިޔުންތެރިންގެ ހިޔާލު