ރާއްޖޭގައި އިސްލާހު ކުރަންޖެހޭ ކަންކަން ހުރިއިރު އެކަންކަން އިސްލާހުކުރަން މަސައްކަތްކުރަނީ ކޮންބައެއްތޯ ވިދާޅުވެ ހޯމް މިނިސްްޓަރ ސުވާލު އުފައްދައިފިއެވެ.

ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ މިހެން ވިދާޅުވީ ރާއްޖޭގައި ބޮޑެތި ކުށްތައް ވަރަށް ބޮޑަށް އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކާއި މީހުން މެރުމުގެ ކުށްތައް ރާއްޖޭގައި ވަނީ އާއްމުވެފައެވެ.

ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޤައުމެއްގެ ހާލަޠް ރަންގަޅުވާނީވެސް، ނުވަތަ ނުބައިވާނީވެސް އެބަޔަކު އަމިއްލައަށް ހާލަޠް ބަދަލުކުރުމުންކަމަށެވެ.



ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހު ކުރަން ހުރި ކަންކަން ވަރަށްވެސް ގިނަކަމަށާއި ނަމަވެސް އިސްލާހު ކުރަން މަސަށްކަތް ކުރަނީ ކިތައް މީހުންތޯ އިމްރާން ސުވާލުކުރެއްވިއެވެ.

ރާއްޖޭގައި މިފަހުން އާއްމުވަމުންދާ ކުށްތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ކީއްވެގެން ހިނގާ ކަންތައްތަކެއްތޯވެސް ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު