އެއާ އޭޝިޔާގެ މަތިންދާބޯޓެއް ވައިގެ ބަނދަރެއްގައި
އެއާ އޭޝިޔާގެ މަތިންދާބޯޓެއް ވައިގެ ބަނދަރެއްގައި
ދުނިޔޭގައި އެންމެ އަގުހެޔޮ ބަޖެޓް އެއާލައިންގެ ގޮތުގައި މަޝްހޫރުވެފައިވާ އެއާ އޭޝިޔާ ބޯޓެއްގެ ފަސިންޖަރަކު ބޯޓުތެރޭގައި ކިނބިއްސެއް އެޅިއަޑު އިވުމާއެކު ފްލައިޓްގެ ޕައިލެޓް ކޮކްޕިޓުން ބޭރަށް ފުންމާލައިފިއެވެ.

އިންޑިޔާގެ ޕޫނޭގެ ވައިގެ ބަނދަރުގައި ހިނގި މިހާދިސާގައި ޕައިލެޓް ބޯޓުގެ ކޮކްޕިޓުން ބޭރަށް ފުންމާލިއިރު ބޯޓުގައި ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕޫނޭ އިން ދިއްލީއަށް ދަތުރުކުރި މި ފްލައިޓްގެ ޕައިލެޓް-އިން ކޮމާންޑް ފުންމާލީ ކަހާލެވޭ ގޮތަށް ހުންނަ ކޮކްޕިޓްގެ އިމާޖެންސީ ދޮރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅިގެން އެއާ އޭޝިޔާ އިންޑިޔާގެ ތަރުޖަމާން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބޯޓުގައި ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ފަސިންޖަރުން ތިބިކަމަށެވެ. އޭގެ ތެރެއިން އެކަކު ބޯޓުގެ ފުރަތަމަ ގޮނޑިބަރީގައި އިން ކަމަށް އޭނާ ބުނެފައި ވެއެވެ. މިކަމާ ގުޅިގެން ބޯޓު ދޮވެ ވައިރަސް ފިލުވުމަށް ބޭސްޖަހާ ހަދާފައިވަ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބޯޓު ސާފުކޮށް ނިމެންދެން ބޯޓުގެ ކްރޫން ތިބީ ކޮކްޕިޓްގައި އެކަހެރިވެގެންނެވެ. ތަރުޖަމާން ބުނީ އެ ކުންފުނީގެ ފްލައިޓްތަކުގައި މަސައްކަތް ކުރާ ކްރޫންނަކީ މިފަދަ ހުރިހާ ހާލަތެއްގައި ހަރަކާތެރިވާނެ ގޮތުގެ ތަމްރީން ދެވިފައިވާ ބައެއް ކަމުގައެވެ.

ބޯޓުން ޕައިލެތް ފުންމާލާ މަންޒަރު ފެންނަ ވިޑިއޯވެސް މީޑިއަތަކުން އަންމުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން